ރާއްޖެ ކުޅިވަރު

ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު އާދަމް އިސްތިއުފާ ދީފި

Nov 16, 2016

ވީއޭއެމްގެ ޖެނަރަލް ސެކެޓްރީ ކަމުގެ މަގާމަށް މިދިޔަ މަހު ފަހުކޮޅު ހަމަޖެއްސި މުހައްމަދު އާދަމް ޖެނަރަލް ސެކެޓްރީ ކަމުން އިސްތިއުފާ ދީފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން މުހައްމަދު އާދަމް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފުވެސް ވިދާޅުވީ ޖެނަރަލް ސެކެޓްރީގެ މަގާމުން މުހައްމަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން މުހައްމަދު އާދަމްބޭނުންފުޅެއް ނުވި އެވެ. ވީއޭއެމްގެ ޖީއެސްގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ އެފްއޭއެމްގަ އެވެ.

އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަންގެ (އެމްބީއޭ) ގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ފުރުއްވާފަ އެވެ. ނަވާރަސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފަހުން، ގައުމީ ބާސްކެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަ ނުކުރާތާ އެތައް އަހަރެއް ފަހުން ގައުމީ ބާސްކެޓްބޯޅަ ޓީމެއް ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސެވީ މުހައްމަދު އާދަމް އާއި އެމްބީއޭގެ ކުރީގެ ރައީސް އަހްމަދު ހާފިޒުގެ އިސްނެންގެވުމުގެ މަތިންނެވެ.

މުހައްމަދު އާދަމްއަކީ ފުޓްބޯޅަ ކޯޗެއްވެސް މެ އެވެ. އޭނާ އަކީ ބޭރު ޓީމަކަށް ތައްޓެއް ހޯދައިދިން ފުރަތަމަ ދިވެހި ކޯޗެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ލަންކާގެ ޓީމަކަށް އެގައުމުގެ ފުޓްބޯލާ މުބާރޓާެއް ކާމިޔާބު ކޮށްދީފަ އެވެ.