ރާއްޖެ ކުޅިވަރު

ދާއިމީ ކޮންޓްރެކްޓެއް ހައްގުވާކަން ސާބިތުކޮށްދެވިއްޖެ: އިނގިރޭސި ކޯޗް

Nov 16, 2016

ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗްގައި ނެރުނު ނަތީޖާއާ އާއެކު އިނގިރޭސި ގައުމީ ޓީމުގެ ކޯޗްގެ ގޮތުގައި ދާއީމީ ކޮންޓްރެކްޓެއް ހައްގުވާކަން ސާބިތު ކޮށްދެވިއްޖެ ކަމަށް އިނގިރޭސީ ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ރޭ ސްޕްއިން އާ ދެކޮޅަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗް ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. މެޗުގައި ސްޕެއިންގެ ދެ ލަނޑު ޖެހީވެސް އިނގިރޭސީޏް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް މެޗްގެ އެންމެ ފަހު ކޮޅު އެވެ. އިނގިރޭސި ޓީމުގެ ފުރަތަމަ ލަނޑު އެޑަމް ލަލާނާ ކާމިޔާބު ކުރީ ނުވަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ދެ ވަނަ ލަނޑު ވާޑީ ކާމިޔާބު ކުރީ 48 ވަނަ މިނެޓްގައެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު އިއާގޯ އެސްޕަސް ކާމިޔާބު ކުރީ 89 ވަނަ މިނެޓްގައެވެ. ސްޕެއިން އަށް އެއްވަރު ކޮށްދިން ލަނޑު ކާމިޔާބު ކުރީ 96 ވަނަ މިނެޓްގައި އިސްކޯ އެވެ.

އިނގިރޭސީ ކޯޗްކަން ޔޫރޯ އަށް ފަހު ހަވާލު ކުރި، ސޭމް އެލަޑައިސްއާ މެދު އެޅި ޑިސްޕްލިނަރީ ފިޔަވަޅަކާއެކު އޭނާ މަގާމުން ދުރު ކުރުމަށްފަހު ސައުތު ގޭޓާ ކޯޗްކަން ހަވާލު ކުރީ ވަގުތީ ގޮތުންނެވެ. އޭނާ އަކީ އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. އޭނާ އާ ހަވާލު ކުރީ ހަތަރު މެޗަށެވެ، އަދި އެ ހަތަރު މެޗްގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް ދެ މެޗުން ނިމުނީ އެއްވަރުވެގެންނެވެ.

"އަހަންނަށް ސާބިތުކޮށްދެވިއްޖެ ބޮޑެތި މެޗްތައްވެސް އަހަންނަށް މެނޭޖް ކުރެވޭނެ ކަން، އަހަރެންގެ ކޯޗިން ސްޓާފުންގެ އެހީ ތެރިކަމާއެކު ޓެކްޓިކަލީ އެންމެ ވަރުގަދަ ޓީމަކާ ދެކޮޅަށްވެސް ވަރުގަދަ ފައިޓެއް ދެވިއްޖެ އަހަރެން ސާބިތު ކޮށްދީފިން ވަރުގަދަ މެޗްތަކުގައިވެސް އަހަންނަށް ހޭންޑްލް ކުރެވޭނެ ކަން." ސައުތު ގޭޓް ބުންޏެވެ.

ދަގާޑިއަން އިން ބުނީ ސައުތުގޭޓަށް ދާއިމީ ކޮންޓްރެކްޓެއް ދިނުމާ މެދު އިނގިރެސި އެފްއޭގެ ރައީސް ގްރެގް ކްލާކް ހިމެނޭ ގޮތަށް ފަސް މެންބަރުންގެ ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދި ސައުތު ގޭޓަށް ދާއިމީ ކޮންޓްރެކްޓެއް ދިނުމާމެދު މަޝްވަރާ ކުރަން މިއަދު އެ ކޮމިޓީން ބައްދަލު ކުރާނެ ކަމަށެވެ.