ޕީޕީއެމް

ޕީޕީއެމްގެ މަސްއޫލުވެރިންގެ ތެރޭގައި ރައީސް ޔާމީނާއި އާޒިމާ ހިމެނޭ

ރައީސް ޔާމީން އަދި އާޒިމާ: ދެ ބޭފުޅުންނަކީ ވެސް ޕީޕީއެމްގެ މަސްއޫލުވެރިން --
0%
0%
0%

ޕީޕީއެމްގެ އެތެރޭގައި ކޯޅުންތައް ބޮޑުވެފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީންއަކީ އެ ޕާޓީގެ މަސްއޫލުވެރިއެއްކަން ހާމަވެއްޖެ އެވެ. ޕީޕީއެމް ހިންގަމުން ވެސް މިހާރު ގެންދަވަނީ ރައީސް ޔާމީނެވެ.

ހ. ތެމާގައި ހިންގި ޕީޕީއެމްގެ މައި އޮފީހުން މުހިންމު ލިޔެކިޔުންތައް ގެއްލުނު އިރު ޕީޕީއެމްގެ ރަޖިސްޓްރީ ވެސް ވަނީ ގެއްލިފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެންކަމުން ޕީޕީއެމްއިން ވަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީގެ ކޮޕީއެއް ހަދައިދިނުމަށް އެދިފަ އެވެ. ރަޖިސްޓްރީގެ ކޮޕީ އިއްޔެ ވަނީ ޕީޕީއެމްއަށް އެ ކޮމިޝަނުން ދޫވެސް ކޮށްފަ އެވެ.

ހ. ތެމާއިން ބައެއް ތަކެތި ގެއްލިފައިވާއިރު، އެ ތަނުގައި ހުރި ޕީޕީއެމްގެ އެހެން ހުރިހާ ތަކެއްޗެއް ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ، ޕީޕީއެމްއިން އެދުމުން އެ ޕާޓީގެ ރަޖިސްޓްރީގެ ކޮޕީ ދޫކޮށްފައިވާނެ ކަމަށެވެ. އެއީ ޕާޓީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރިއިރު ވެސް ދޫކުރި ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެސް ކޮޕީ ތައްޔާރުކޮށްފައިވާ ތާރީހުގައި ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީއެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ސޮއިކުރައްވައި، ޕީޕީއެމްއަށް ދޫކޮށްފައިވާ ރަޖިސްޓްރީގައިވާ ގޮތުން ޕާޓީގެ މަސްއޫލުވެރިންނަކީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި މިހާރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަޒިމާ ޝަކޫރެވެ.

ޕާޓީގެ މަސްއޫލުވެރިންގެ ތެރޭގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާކަން ހާމަވެފައި މިވަނީ ޕާޓީގެ ހިންގުން ރައީސް ޔާމީނަށް ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއިދު ކުރައްވާފައިވެސް ވަނިކޮށެވެ. އަދި، އެކަމާ ގުޅިގެން ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވެ، ޕާޓީ ދެބައި ވެސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެއިތުރަށް ބައެއް ފަރާތްތުން ޕީޕީއެމްގައި ރައީސް ޔާމީންގެ ހައިސިއްޔަތާ ގުޅޭ ގޮތުން ސުވާލު ވެސް އުފައްދަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910