ޓީސީގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި ޕްރެޒިޑެންޓް ކަޕްގެ ގުރޫޕް އޭގެ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުލަބް އީގަލްސް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓީސީ އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކުރީ އީގަލްސް ބަލި ބަލި ކުރުމަށް ފަހުއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް އީގަލްސް އިންނެވެ. މެޗް ފެށިގެން 10 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މެސަޑޯނިއާގެ ގައުމީ ޓީމުގެ ފޯވަޑް ރިސްޓޭ ނައުމޯވްއެވެ.
އޭގެ 13 މިނެޓް ފަހުން އަލީ ފާސިރު (ސެންޓޭ) ވަނީ އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސެންޓޭ އަކީ އެފްއޭކަޕްގެ ސެމީފައިނަލަށް ޓީސީ ގެންގޮސް ދިން ލަނޑު އީގަލްސް ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ ވެސް މެއެވެ.
އީގަލްސް މެޗުން މޮޅުކޮށްދިން ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް މުބީން (މުއްކި) އެވެ.
ސެމީ ފައިނަލްގައި އީގަލްސް ވާދަ ކުރާނީ ގުރޫޕް ބީ ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ގުރޫޕް ބީ ގެ އެއް ވަނައިގައި މިވަގުތު އޮތީ މާޒިޔާއެވެ. ނަމަވެސް މިރޭ ފޭދޫ އާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލު ކުރާ މެޗުން ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ގުރޫޕް އޭ އިން ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދުމުގެ ފުރުސަތު ނިއުރޭޑިއަންޓާއި ޓީސީއަށްވެސް އެބައޮތެވެ. ސެމީގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ އެދެޓީމު ބައްދަލު ކުރާ މެޗުންނެވެ.