ރާއްޖެ ކުޅިވަރު

ބައްސާމްގެ ވައުދު: ތިން ޑިވިޝަންގެ ކުލަބުތަކަށް އަހަރަކު 30.5 މިލިއަން ރުފިޔާ

Nov 20, 2016
1

ރާއްޖޭގެ ތިން ޑިވިޝަންގެ ކުލަބުތަކަށް އަހަރަކު 30.5 މިލިއަން ރުފިޔާ ދެއްވާނެ ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ ސެމިނާ ރޫމުގައި މިއަދު ބޭއްވި އެފްއޭއެމްގެ އިންތިހާބުގެ ވޯޓް ލާން ފެށުމުގެ ކުރިން ކޮންމެ ކެނޑިޑޭޓަކަށް ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދެ ވަނަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކުލަބަކަށް އަހަރަކު އެއް ލައްކަ ރުފިޔާ ދެއްވާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު ތިން މލިއަން ރުފިޔާ ދޭއިރު އެއީ ކޮންމެ އަހަރަކު ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް 24 މިލިއަން ރުފިޔާ އެވެ. އެއީ ހަތަރު އަހަރަށް ބަހާލައިފިނަމަ 96 މިލިއަން ރުފިޔާއެވެ.

ދެ ވަނަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އަހަރަކު 500000 ރުފިޔާ ދޭއިރު އެއީ ކޮންމެ އަހަރަކަށް 4.5 މިލިއަން ރުފިޔާއެވެ. އެއީ ހަތަރު އަހަރަށް ބަލައިފިނަ 18 މިލިއަން ރުފިޔާއެވެ.

ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކުލަބަށް 100000 ރުފިޔާ ދޭނަމަ އެއީ އަހަރަކު 500000 ރުފިޔައެވެ. އަދި ހަތަރު އަހަރަށް ބަލައިފިނަމަ އެއީ ދެ މިލިއަން ރުފިޔާއެވެ.

މިފައިސާ ދިނުމަށް ހަމަޖެހިފައިވަ ގޮތަ ބެހޭގޮތުން ބައްސާމް ވިދާލުވީ ފައީސާ ޖެނަރޭޓް ކުރާނެ ޕްލޭންތައް މިހާރުވެސް ހެދިފައިވާ ކަމަށެވެ.