އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށާއި ރެފްރީންގެ ޑައިރެކްޓަރަކަށް ގެންނާނީ ރާއްޖެއިން ބޭރުގެ ފަރާތްތަކެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ ސެމިނާ ރޫމުގައި މިއަދު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ހަރުދަނާ ކުރުމަށް ޓެކްނިކަލް ސައިޑުން މަސައްކަތް ކުރުމަށް ގެންނާނީ ބޭރުގެ ތަކުރިބާކާރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރެފްރީންގެ ކަންކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި ދިވެހި ރެފްރީންގެ ކަންކަން ހަރުދަނާ ކުރުމަށް ގެންނާނީ ބޭރުގެވެސް ބޭރުގެ ތަޖުރިބާކާރެއް ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް މިހާރު ހުންނެވީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ކަމާއި ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫގެ ކޯޗްކަންވެސް ކުރި މުހައްމަދު ޝިޔާޒު (މޯހަން) އެވެ.
ރެފްރީސް ޑައިރެކްޓަރެއް އަދި މިހަތަނަށް ނެތް ނަމަވެސް ރެފްރީންގެ އެޑްމިނިސްޓްރޭޓިވް ކަންކަން ކުރިއަށްގެންދަނީ ތަޖުރިބާކާރު ރެފްރީ އަހްމަދު އަމީޒުއެވެ.