މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ލައިފްޓައިމް އެވޯޑް ޑރ އަހްމަދު ސިޔާމް (ސަން ސިޔާމަށް) ދީ އިތުރު 35 އެވޯޑެއް ދީފި އެވެ.
މަޓާޓޯ ޓްރެވެލް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑެވެ. މަޓާޓޯ އާއި އެ ޖަމިއްޔާގެ މެމްބަރުން ދޭ އެންމެ ސަޕޯޓިވް ރިސޯޓުގެ އެވޯޑު ލިބިފައިވަނީ ސަން ސިޔާމް ރިސޯޓްސް އަށެވެ. މި އެވޯޑަކީ ދިވެހި ޓުއަ އޮޕަރޭޓަރުން އަދި ޓެރެވެލް އެޖެންޓުންނަށް އެންމ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ރިސޯޓަކަށެވެ. ސަން ސިޔާމް ގްރޫޕް އާއި މި އެވޯޑް ހަވާލުކޮށްދެއްވީ ޓޫރިޒަަމް މިނިސްޓަރު މޫސާ ޒަމީރު އެވެ..
މަޓާޓޯ ޓްރެވެލް އެވޯޑް ލިބުނު ފަރާތްތައް
ލީޑިން އެއާޕޯޓް ސިޓީ ހޮޓެލް އެވޯޑް - ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް).
ލީޑިން ބިޒްނަސް ހޮޓެލް - ހޮޓެލް ޖެން
ލީޑިން ގެސްޓް ހައުސް އެވޯޑް- ރިވަރީޒް ޑައިވިން ވިލެޖް
ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑު ލިބުނީ ލީލީ ލައުންޖަށް. މި އެވޯޑު ހަވާލުކޮށްދެއްވީ މަޓާޓޯގެ ހަޒާންދާރު އަލީ އަހުމަދު.
ލީޑިން އެފްއެންޑްބީ އައުޓްލެޓް، ބާ/ރެސްޓޯރަންޓުގެ އެވޯޑު - ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިން އެވޯޑު - ރިވަރީޒް ޑައިވިން ވިލެޖް
ލީޑިން ގެސްޓްހައުސް އައިލެންޑު އެވޯޑު - މާފުށި ކައުންސިލް
ލީޑިން ޓްރެވަލް ވެބްސައިޓު - އައިކޮމް ޓުއާސް
ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑު - އައިކޮމް ޓުއާސް
ލީޑިން ޑޮމެސްޓިކް އެއާލައިން އެވޯޑު - ވިލާ އެއާ ފްލައިމީ
ލީޑިން ލޯ ކޯސްޓް ކެރިއާ އެވޯޑު - ފްލައި ދުބާއީ
ލީޑިން އިންޓަނޭޝަނަލް އެއާލައިން އެވޯޑު - ސްރީ ލަންކަން އެއާލައިންސް
ލީޑިން ބީޗު ރިސޯޓު އެވޯޑު - އަނަންތަރާ ކިހާވަށް ވިލާސް
އެންމެ ރޮމޭންޓިކް ރިސޯޓު އެވޯޑު - އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓް
ލީޑިން ލަގްޒަރީ ރިސޯޓު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް
ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑު - ވެލާ ރިސޯޓް
ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓާ އެވޯޑު - އެކްޓިވް ވޯޓާ ސްޕޯޓްސް
ލީޑިން ލިވަބޯޑް ބްރޭންޑު އެވޯޑު - ޑިއެމް މޯލްޑިވްސް
ލީޑިން ލިވަބޯޑު އެވޯޑު- ވޮޔޭޖަސް ގުރަހަލި
ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް/ޗެއިން އެވޯޑު - އަރާމު ސްޕާ
ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓު
ލީޑިން ލޯކަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑު އެވޯޑު - ބަނޑޮސް އައިލެންޑް ރިސޯޓު
ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑު - ލިބުނު ބަނޑޮސް އައިލެންޑް ރިސޯޓު
ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު - ދަ ސަން ސިޔާމް އިރުފުށި ރިސޯޓު
ލީޑިން ސާފް ރިސޯޓުގެ އެވޯޑު - އަަނަންތާރާ ދިގު ރިސޯޓު
ލީޑިން ޑައިވް ރިސޯޓު އެވޯޑު - ބަނޑޮސް އައިލެންޑް ރިސޯޓު
ލީޑިން އިކޯ ރިސޯޓު އެވޯޑު - ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
ލީޑިން އެފްއެންޑްބީ ރިސޯޓު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓު
ލީޑިން ފެމިލީ ރިސޯޓު އެވޯޑު - ބަންޑޮސް އައިލެންޑް ރިސޯޓު
ލީޑިން އޯލް އިންކްލޫސިވް ރިސޯޓު އެވޯޑު - ސަންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
ލީޑިން ޑިޒައިނާ ރިސޯޓު އެވޯޑު - ވެލާ ޕްރައިވެޓް އައިލެންޑު
ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑު - ސޮނޭވާ ފުށި ރިސޯޓު
ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓު އެވޯޑު - އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވީ މަޓާޓޯއިން ދޭ ޓްރެވަލް އެވޯޑް މިހާރު ބައިނަލްއަގްވާމ ފަރާތްތަކުން ބަލައިގަނެފައިވާ ކަމަށެވެ.
"ބޭރުގެ ފަރާތްތަކުން މިހާރުވަނީ މި އެވޯޑު ބަލައިގެންފަ. އެކަމުގެ ހެއްކެއް އެފަރާތްތަކުން ނެރޭ ރިޕޯޓުތަކުގައިވެސް މަޓާޓޯ ޓްރެވަލް އެވޯޑުގެ ވާހަކަ ފާހަގަކުރުމަކީ." ގިޔާސް ވިދާޅުވި އެވެ.
ގިޔާސް ވިދާޅުވީ މިފަހަރު އެވޯޑުތަކަށް ގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާ ކަމަށާއި އަދި މިއީ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަހަރު ކަމަށެވެ. އެހެންކަމުން މިފަހަރުގެ ރިޕޯޓު އިތުރަށް ވަރުގަދަ ކުރުމަށް އޮޑިޓްފާމް އަކާއެކު މަސައްކަތްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގިޔާސްގެ ވާހަކައިގައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ހިއްސާ ބޮޑުކަން ފާހަގަކޮށް އަދި އެ ދާއިރާއިން ގިނަ ވަޒީފާތަކެއް އުފެދިފައިވާކަން ފާހަގަކުރައްވާފަ އެވެ.
ރޭ ބޭއްވި މި އެވޯޑް ނައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަންގު ފޫ ކަންގް އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.