ލައިފްސްޓައިލް

ދިއްލީގެ ސްޓްރީޓް ފުޑް: މީރު، އަގު ހެޔޮ، ތާޒާ

Nov 21, 2016
3
  • އަގުހެޔޮކޮށް ކައިލެވޭނެ ގޮތެއް
  • ތާޒާކޮށް، ހޫނުކަން މަތީ ލިބޭނެ
  • ރަހަ ތަފާތު، ތަފާތު ތަޖުރިބާއެއް

ހޮޓަލުގެ ރެސްޓޯރެންޓް މެނޫގެ ގަނޑުތައް އުކައިލުމަށްފަހު ދެވަނަ ވިސްނުމެއް ލިބިއްޖެ އެވެ. މީގެ އަގުތައް މާބޮޑީ އެވެ. އެހެންވެ މީޑިޔާ ޓީމުން ނިންމީ މިރޭ ގެ ކެއުން ނިއު ދިއްލީގެ މަގުމަތީގައި ބޭއްވުމަށެވެ. މަޝްވަރާތައް ނިންމުމުމަށްފަހު ކާރެއް ހޯދައިގެން ނައްޓައިލީމެވެ. ކާރު ގޮސް ބުރަކި ޖެއްސީ ނިއުދިއްލީ "ހަނާނާ މާރުކޭޓު" ސަރަހައްދަށެވެ. މި ތަނުގައި ސްޓްރީޓް ފުޑް ވިއްކާ ކުދިކުދި ތަންތަން ހުރެ އެވެ. އިންޑިއަން ފުޑްގެ މީރު ރަހަ އަގު ހެޔޮކޮށް، މި ތަނުން ލިބެ އެވެ.

"މި ތަނަކީ އަގު ހެޔޮކޮށް، މީރުކޮށް އިންޑިއަން ފުޑް ކެވޭނެ ތަނެއް. ނިއުދިއްލީގައި ބޮޑެތި ރެސްޓޯރެންޓްތައް ހުންނާނެ. އެކަމަކު އަގު ބޮޑުވާނެ. މި ތަން އަގު ހެޔޮވާނެ. އަހަރެން ވެސް އާއިލާއާއެކު އަންނަނީ މި ތަނަށް،" ޑްރައިވަރު މި ތަނުގެ މޮޅުކަން ކިޔައިދިނެވެ.

ނިއު ދިއްލީގެ މި ސަރަހައްދުގެ އެކި ހިސާބުތަކުގައި ސްޓްރީޓް ފުޑް ތައްޔާރުކުރެ އެވެ. ވަގުތުން ނާނާއި ފަރާޓާ ފިހާ ތަންތަނާއި ކުކުޅު ފިހާ ތަންތަން އަދި ސައި ތައްޔާރު ކުރާ ޖަގަހަތައް ފެނެ އެވެ.

ޑްރައިވަރު ދެއްކި މޮޅު ވާހަކައިގައި ޖެހި މަގުގެ އެއް ފަޅީގައި ހުރި "ކަޑަ އަކަށް" ވަދެ އިށީނީމެވެ. އިސާހިތަކު ރަން ކުލައިން ޕްރިންޓް ކޮށްފައިވާ ކުލަ މެނޫއެއް ގެނެސް މޭޒުމަތީގައި ބާއްވައިފި އެވެ. މެނޫ ބަލައިލިއިރު އިންޑިއަން ފުޑްގެ މީރު ރަހަތައް ވަރަށް ގިނަ އެވެ. ތަންދޫރި ޗިކަން، ނާން، ފަރާޓާ މިހެން ގޮސް ލިސްޓު ކިޔައި އަވަދި ނުވާނެ އެވެ. ހައްޓަކު ހެޔެއް ނެތެވެ. މެނޫއަކަށް، މެނޫ އެކެވެ. ވެފައިތިބި ބަނޑު ހައިކަން އަލާ ފިލުވާލުވާލަން އޯޑަރު ދޭން ފެށި އެވެ. ފުރަތަމަ އޯޑަރު ދިނީ މާސިންގާ ތަންދޫރި ޗިކަން އަރަކަށެވެ.

އޯޑަރު ދެމުން ބުނީ ކުކުޅު ކުދިކޮށް ކޮށައިގެން ގެނައުމަށެވެ. މިއާއެކު ދެން ގެންނާނީ ކުކުޅު ބިރިކާނީ އަކާއި، މަޓަން ބިރި ކާނީ އެކެވެ. އަދި މި ވަރުން ނިމުނީއެއް ނޫނެވެ. ޓީވީއެމް އިސްބާހު ބޭނުންވީ ފަސް ނާން ގެނައުމަށެވެ. އެހެން ކުއްޖަކު އޭގެ ފަހަތުން ތިން ނާން ގެނެސްދޭން އެދުނެވެ. އޯޑަރު ދިން ނާންގެ އަދަދު އަށަކަށް އެރީ އެވެ!.. އަދި މި ލިސްޓަށް ކުކުޅު ރިހަ ތައްޓެއްވެސް އިތުރުކޮށްފި އެވެ. އިސާހިތަކު ސާމާނު ގެނެސް މޭޒުމަތީގައި އަތުރާލައިފި އެވެ. މޭޒުމަތީގައި ބެހެއްޓުމާއެކު ކެއުން ފެށިއްޖެ އެވެ. އިރުކޮށެއް ނުވެ. ބިރިޔާނީ ވެސް އަތުވެއްޖެ އެވެ. އަހަރެން ހިފީ އޭގަ އެވެ. އިސާހިތަކު ތަށި ހުސްވެއްޖެ އެވެ.

އިހުސާންވީ ބިލް ގެނައުމުންނެވެ. އެ ބިލުގައި ކަނބޮޑުވުމެއް ނެތެވެ. ބިލަށް އަރާފައި ވަނީ ރާއްޖޭގެ 350ރ. ވަރެވެ. ހިތަށް އެރި އެވެ. ހިތަށް އެރި އެވެ. ފަސް މީހުން ބަނޑު ފުރެންދެއް ކެއުމުން މިވަރު އަރާނަމަ ނުކާންވީ ސަބަބެއް ނެތްތާ އެވެ. ހަމަ ޔަގީނުންވެސް ނިއު ދިއްލީގެ "ސްޓްރީޓް ފުޑް" ތާޒާވެފައި މީރެވެ. ފަހަރެއްގައި މިއަށްވުރެ މީރު ސްޓްރީޓް ފުޑް ތައްޔާރުކުރާ ތަންތަންވެސް ނިއު ދިއްލީގައި ހުރެދާނެ އެވެ. ކޮންމެއަކަށް މިއީވެސް އަގުހެޔޮކޮށް ކައިލެވޭނެ ގޮތެކެވެ.