ރާއްޖެ ކުޅިވަރު

މެސީ ގެންދަން ސިޓީއިން ދުނިޔޭގެ ރެކޯޑް ފީ އެއް

Nov 21, 2016
1

ބާސެލޯނާގެ ފޯވަޑް ލިއޮނަލް މެސީ މެންޗެސްޓާ ސިޓީއަށް ގެންނަން އެކުލަބުން 233 މިލިއަން ޔޫރޯ ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ބާސާއިން އާ ކޮންޓްރެކްޓް ހުށަހެޅި ނަމަވެސް މިހާތަނަށް ކޮންޓްރެކްޓްގައި ސޮއި ނުކޮށް ހުރި މެސީ ބޭނުންވަނީ އަހަރަކު 30 މިލިއަން ޔޫރޯއަށްވުރެ ބޮޑު އާމުދަނީއެއް ލިބޭ ޕެކޭޖެއްކެވެ. އެއީ ހަފުތާއަކު 600،000 ޔޫރޯގެ މުސާރައެކެވެ.

ސީޓީއިން އޮތީ އެ އަދަދު މެސީ އަށް ހުށަހެޅުމަށް ތައްޔާރަށެވެ. މެސީ ގެނައުމާމެދު ސިޓީގެ ސްޕޯޓިން ޑައިރެކްޓާ ޓެކްސިކީ ބެގްރިސްޓިއަން އާއި އެގްޒެކެޓިވް ޑައިރެކްޓާ ފެރޯން ސޮރިއާނޯ ވަނީ އެކަމާ ބެހޭގޮތުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާ ވާހަކަ ދައްކާފަ އެވެ. ގާޑިއޯލާ އަކީ ބާސާގައި މެސީއަށް އިރުޝާދު ދިން ކޯޗެވެ.

ގާޑިއޯލާ ސިޓީގައި ހުރުމަކީ މެސީ އެޓީމަށް އައުމަށް އެޅޭނެ އިތުރު ބާރެކެވެ.

"މެސީގެ ބާސެލޯނާ ކެރިއާ ނިންމާލުމަކީ ހަމަ ވެދާނެ ކަމެއް. އެފަދަ ނިންމުމެއް އޭނާ ނިންމައިފިނަމަ އަހަރެމެން ވަގުތުން ސިޓީގެ ދޮރު މެސީ އަށް ހުޅުވާލާނަން." ސޮރިއާނޯ މީޑިއާގައި ވިދާޅުވެފައިވެ އެވެ.