ޕްރޮމޯޝަން

އައިފޯނު ލިބޭ އުރީދޫ ސްކްރެބްލް މުބާރާތް ފަށައިފި

Nov 21, 2016

އިނާމުތަކާއެކު އުރީދޫގެ އެސްއެމްއެސް ސްކްރެބްލް މުބާރާތް ފަށައިފި އެވެ. މިއީ ޖުމްލަ 600،000 ރުފިޔާގެ އިނާމު ހިމެނޭ މުބާރާތެކެވެ.

އުރީދޫން 100 ދުވަހަށް ކުރިއަށް ގެންދާ މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށް އައިފޯން 7 އާއި އައިފޯން 7 ޕްލަސް އަދި މެކްބުކްޕްރޯ ދެ އެވެ. މި މުބާރާތުގައި ކޮންމެ ހަފްތާއަކުވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އުރީދޫ އެސްއެމްއެސް ސްކްރެބްލްގައި "GO" ޖެހުމަށްފަހު 4242 އަށް އެސްއެމްއެސް ކުރުމުން އަކުރުތަކެއް ބޭނުންކޮށްގެން ބަސް ހެދުމަށްފަހު 4242 އަށް އެސްއެމްއެސް ކުރެއްވުމުން އެއީ ރަނގަޅު ބަހެއް ނަމަ، ބަހުގައި ހިމެނޭ ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބެ އެވެ.

އަކުރުތަށް ބަދަލުކުރެއްވުމަށް، “CHANGE" ނުވަތަ “NEXT” ޖެހުމަށްފަހު 4242 އަށް ފޮނުއްވުމުން ބަދަލު ކުރެވެ އެވެ. އަކުރުތައް ބަދަލުކުރާ ކޮންމެ ފަހަރަކުވެސް 50 ޕޮއިންޓް ލިބެ އެވެ.