އުރީދޫ

އުރީދޫގެ 4ޖީ ޖައްސާލާބަލަ! ބޮޑު އޮޕަރޭޝަނެއް!

ވީޑިއޯ ފެށިގެން ދަނީ ޑޮކްޓަރަކާއި އޭނާގެ އެސިސްޓެންޓްގެ ވާހަކައަކުންނެވެ. ޕޭޝަންޓެއް ހާލު ދެރަވެ، އެ ޕޭޝަންޓް ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ފަށާ ހިސާބުންނެެވެ. ވަގުތުން ބޮޑު އޮޕަރޭޝަނެއް ވެސް ފަށަ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އޮޕަރޭޝަން ކުރަނީ ފޯނެއްގެ އެވެ. ފޯނުގެ ސިމް ޓްރާސްޕްލާންޓް ހެދުމަށެވެ. އުރީދޫގެ ތަފާތަކީ މިއީ އެވެ. އުރީދޫގެ އިސްތިހާރުތައް ނުވަތަ ވީޑިއޯތަކަކީ އަބަދުވެސް ތަފާތު، ހިތްދަމައިގަންނަ ކަމެއް ހުންނަ ވީޑިއޯތަކެކެވެ. ރޯދަ މަހަށް ހެދި ޔޫސުފްގެ ވީޑިއޯ މަތިން ވެސް ހަނދާން ހުންނާނެ އެވެ.

ރޭ އުރީދޫއިން އާންމުކުރި ވީޑިއޯއަކީ އުރީދޫގެ 4ޖީ އިސްތިހާރު ކުރުމަށް ހެދި ވީޑިއޯއެކެވެ. ވީޑިއޯ ވެސް ހަދާފައިވަނީ މަޝްހޫރުވި ޔޫސުފް ވީޑިއޯ ހެދި "މަދޮޝިޕް"އިންނެވެ. އެއީ ވަރަށް އާ ބަޔެކެވެ. ނަމަވެސް ތަފާތު ދަނީ ދައްކަމުންނެވެ. ފިލްމް "ވިޝްކާ" ގެ ސިނަމަޓޮގްރަފީ އާއި ޓެކްނިކަލް އެހެން މަސައްކަތްތައް ވެސް ކޮށްފައިވަނީ އެމީހުންނެވެ.

އުރީދޫގެ އާ ވީޑިއޯގެ ކޮންސެޕްޓް ވަަރަށް ވެސް މޮޅުވެފައި ތަފާތެވެ. ވީޑިއޯގެ ސިނަމަޓޮގްރަފީއިން ފެށިގެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އެވެ.

ކޮންމެއަކަސް ވީޑިއޯއިން ފެންނަނީ އިންޓަނެޓް ލިބުމާއި ޗާޖް ދަށްވެފައިވާ ފޯނަކަށް އުރީދޫގެ 4ޖީ ސިމް ލައްވާ ތަނެވެ. އެއާއެކު އުރީދޫގެ 4ޖީ އިންޓަނެޓާއެކު އެ ފޯނު "ހޭއަރަ" އެވެ. އޮޕަރޭޝަން ކާމިޔާބުކޮށް، ފޯނު ވެރި ފަރާތާ ފޯނު ހަވާލުކުރެ އެވެ.

ސީރިއަސް އޮޕަރޭޝަނެއްގެ ތެރެއިން މަޖާ ކަންތައްތަކެއް ވެސް ދައްކުވައިދޭ މި ވީޑިއޯއިން އުރީދޫ އިސްތިހާރުކޮށްފައިވަނީ އެމީހުންގެ 4ޖީ ސިމެވެ. އެ ސިމްގެ މޮޅުކަމެވެ.

"އޮޕަރޭޝަން ވަރަށް ކާމިޔާބު، 4ޖީ ސިމެއް ޓްރާސްޕްލާންޓް ކޮށްލާފަ، 4ޖީ ޖައްސާލަން އެކަނި ޖެހުނީ،" އޮޕަރޭޝަނަށްފަހު ޑޮކްޓަރު ބުނެ އެވެ.

ޑޮކްޓަރު އެހެން ބުނުމުން ފޯނުގެ ވެރިފަރާތުގެ ހިތުގައި ސުވާލު އުފެދި އަހަނީ މިހެނެވެ. "އޭރަށް ބެޓަރީ އަވަހަށް ޗާޖް ދާނުން؟"

"3ޖީއެކޭ ބެޓްރީ ހަމަ އެއްވެސް ތަފާތެއް ނުވާނެ، ހަނދާންކުރާތި 4ޖީ އަބަދުވެސް މާ ރަނގަޅުވާނެ،" ޑޮކްޓަރު ދިނީ މި ޖަވާބެވެ.

އުރީދޫ 4ޖީ ސިމް ގަންނަ ފަރާތްތަކަށް 50 ޕަސެންޓް ހިލޭ ޑޭޓާ ލިބޭކަން ވެސް ވީޑިއޯގައި ވަނީ އިސްތިހާރުކޮށްފަ އެވެ. ކޮންމެއަކަސް މި ވީޑިއޯއަކީ ހަމަ ޔޫސުފް ވީޑިއޯއާ އެއް ފެންވަރެއްގެ މޮޅު ޝައުގުވެރި ވީޑިއޯއެކެވެ. އުރީދޫގެ މި ވީޑިއޯއަށް ވެސް ހަމަ ސާބަހެވެ.