އިންވެސްޓްމެންޓް ފޯރަމް

އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ދޯހާގައި

Nov 22, 2016
1

އަންނަ އަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވަން ނިންމައިފި އެވެ. ނިއުދިއްލީގައި މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި މީޑިޔާ އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ދޯހާގައި ބާއްވަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީނުގެ ނިންމެވުމެއް ކަމަށާއި އެ މަސައްކަތް މިހާރު ވެސް ހިނގައިގެންފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވާފައި ދޯހާގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް. އިރާދަކުރެއްވިޔާ ރަސްމީކޮށް އިއުލާނު ކުރާނަން [މިއަދު] ދިއްލީގައި،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލުގައި ހުރި ފުރުސަތުތައް އަންގައި ދިނުމަށް ފުރަތަމަ އިންވެސްޓްމަންޓް ފޯރަމެއް ސަރުކާރުން 2014 ވަނަ އަހަރު ފުރަތަމަ ބާއްވާފައިވަނީ ސިންގަޕޫރުގަ އެވެ. އަދި އޭގެ ފަހުން ދެވަނަ ފޯރަމެއް ޗައިނާގެ ބެއިޖިންގައި ވެސް ބާއްވާފައިވެ އެވެ. ދިއްލީގައި މިވަގުތު ކުރިޔަށްދަނީ ރައީސް ޔާމީންގެ ސަރުކާރުން ފެށި އިންވެސްޓްމަންޓް ފޯރަމް ސިލްސިލާގެ ތިންވަނަ ފޯރަމެވެ.

އިންވެސްޓްމަންޓް ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ދަނީ ހުޅުވެމުންނެވެ.

-- ނިއުދިއްލީ އިން: މުހައްމަދު އަފުރާހު