އެކްސްޕޯ މޯލްޑިވްސް 2015

ދެވަނަ ފަހަރަށް އެކްސްޕޯ މޯލްޑިވްސް ފަސްކޮށްފި

Nov 22, 2016

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައި ތައްޔާރުވަމުން އައި ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ގައުމީ މައުރަޒު، "މޯލްޑިވްސް އެކްސްޕޯ" ބާއްވާ ތާރީހު ފަސްކޮށްފި އެވެ. މިއީ އެކްސްޕޯ ފަސް ކުރި ދެވަނަ ފަހަރެވެ.

މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުން ބުނީ ދެވަނަ އެކްސްޕޯ ފަސް ކުރުމަށް ފަހު ދެން ބާއްވާނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށެވެ. ނަމަވެސް އެ މަހުގެ ކޮން ތާރީހެއްގައި ކަމެއް ނުބުނެ އެވެ.

އެކްސްޕޯ ބާއްވާ ތާރީހު ފަސް ކުރުމާ ގުޅިގެން މިހާރު އެކްސްޕޯގައި ބައިވެރިވުމުގެ ފޯމް ބަލައިގަތުމުގެ ފަހު ތާރީހު ކަމަށް ކަނޑައަޅާފައި މި މި މަހުގެ 17 ވަނަ ދުވަސް ފާއިތުވި ނަމަވެސް ފޯމް ބަލައިގަންނާނެ އެވެ. އެހެންވެ ސްޓޯލް ނަގާ ފަރާތްތަކަށް އަދި ވެސް ފުރުސަތު ވަނީ ހުޅުވިފަ އެވެ. މިހާރު ފޯމްލާފައިވާ ފަރާތްތަކުން އަލުން ފޯމްލާކަށް ނުޖެހެ އެވެ.

މިނިސްޓްރީން ބުނީ ފޯމް ބަލައި ގަތުމާއި ތަކަތި ހަވާލު ކުރުމުގެ ފަހު ތާރީހު އިއުލާން ކުރާނީ މާޗު މަހުގައި އެކްސްޕޯ ބާއްވާ ސީދާ ތާރީހު ކަނޑައެޅުމުން ކަމަށެވެ.

އެކްސްޕޯގައި މިފަހަރު ސްޓެންޑަޑް ނުވަތަ މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްފައިވަނީ 50 ސްޓޯލެވެ. އެ ސްޓޯޅްތައް ވިއްކަނީ 2000ރ. އަށެވެ. އަދި ޕްރިމިއަމް ސްޓޯލްތަކުގެ ގޮތުގައި ބޮޑެތި ކުންފުނިތަކަށް ދޫކުރާ ސްޓޯލްތަކެއް ވެސް ބަހައްޓާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަމިއްލަޔަށް ސްޓޯލް ޑެކަރޭޓްކޮށް ހަދަން ބޭނުންވާ ފަރާތްތަކަށް ވެސް ޖާގަ ދޫކުރާ ގޮތަށް ވަނީ ހަމަ ޖެހިފަ އެވެ.