އެފްއޭއެމް

އެފްއޭއެމުގެ އިތުރު ދެ ސަރަހައްދީ އޮފީސް ހުޅުވަނީ

Nov 22, 2016
1

އެފްއޭއެމްގެ ސަރަހައްދީ އޮފީސްތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހުޅުވަން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ސަރަހައްދީ އޮފީސްތައް ގާއިމު ކުރަން ހަމަޖެހިފައިވަނީ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނު ގެ ސަރަހަދުގަ އެވެ.

މީގެ ތެރެއިން ދެކުނުގެ ސަރަހައްދީ އޮފީސް އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ އހަރު ވަނީ ހުޅުވާފަ އެވެ. އަދި އެ އޮފީސް ހިންގަން އޭރު ހަވާލުކޮށްފައިވަނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ޝަރީފު (ޑުންގާ) އައެވެ. ބައްސާމް ވިދާޅުވީ އުތުރާއި މެދު ރާއްޖެ ތެރެއިން އޮފީސްތައް ގާއިމު ކުރާނެ ރަށްތައް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ.

ސަރަހައްދީ އޮފިސްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެފްއޭއެމް ގްރާސް ރޫޓް ޕްރޮގްރާމް ހިންގުމާއި ޓްރެއިނިން ކޯސްތައް ހިންގުމެވެ. އެފްއޭއެމުން ވަނީ ގްރާސް ރޫޓް ޕްރޮގްރާމް ފުޅާ ކުރަން ނިންމަފައެވެ. އެގޮތުން ގްރާސް ރޫޓްގެ އަތޮޅުތެރޭގައި ތަމްރީން ކުރާ ގްރާސް ރުޓް ލެވަލްގެ ކޯޗުން މެދުވެރިކޮށް ކުރިއަށް ގެންދާނެ އެވެ.