ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން ބޭނުންވަނީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް

ޕީޕީއެމްގެ ރައީސަކީ މައުމޫން އަބްދުލް ގައްޔޫމްކަން އަންގައިދޭ ލިޔުމެއް ހޯދަން އެމަނިކުފާނު އިލެކްޝަން ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.

އެފަދަ ލިޔުމެއް ހޯދަން އީސީގައި މައުމޫން އެދިވަޑައިގެންފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް އެމަނިކުފާނަކީ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުއްވުމަށެވެ. އެކަމަށް އެދިވަޑައިގެން އީސީއަށް ފޮނުވި ސިޓީގައި ބުނަނީ ވީއެންމެ އަވަހަކަށް އެ ލިޔުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށެވެ.

އޭގެ އިތުރުން 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް މައުމޫން އެދިވަޑައިގެންފައި ވެއެވެ.