މޯލްޑިވްސް އިމިގްރޭޝަން

ތުނބުޅި މައްސަލާގައި ވަކިކުރި މީހުންގެ މަގާމަށް މުވައްޒަފުން ނުނަގަން އަމުރުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ބޮލާއި ތުނބުޅި ރީތިކޮށް މިނގަނޑަށް ފައްތަން އަންގައި ނެރުނު ސާކިއުލާއަށް އަމަލު ނުކުރުމުން ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ މަގާމަށް ދާއިމީ މުވައްޒަފުން ނުނެގުމަށް ވަޒީފާއާބެހޭ ޓްރިބިއުނަލުން ދައުލަތަށް އަމުރުކޮށްފި އެވެ.

މިގޮތަށް ޓްރިބިއުނަލުން ވަގުތީ އަމުރެއް ނެރެފައިވަނީ، ވަޒީފާއިން ވަކިކުރި ހަތަރު މުވައްޒަފުން އެގޮތަށް އެދުމުންނެވެ. އެ ހަތަރު މުވައްޒަފުން ވަޒީފާ އަލުން ހޯދުމަށް ޓްރިބިއުނަލަށް ވަނީ މައްސަލަ ވައްދާފަ އެވެ.

ވަގުތީ އަމުރަކަށް އެ މުވައްޒަފުން އެދުނީ އެ މައްސަލާގައި އެ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ހުކުމްކުރި ނަމަވެސް އެ ވަޒީފާ އެހެން ބަޔަކަށް ދީފިނަމަ އެ ހުކުމް ތަންފީޒުކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެވެ.

އިމިގްރޭޝަނުގެ ޔުނީފޯމް މިންގަނޑުގައިވާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުކޮށެވެ.