ރާއްޖެ ކުޅިވަރު

ރާއްޖޭގައި މިނީ ދަނޑުތަކެއް އަޅައިދޭން އޭއެފްސީން އެއްބަސްވެއްޖެ

Nov 23, 2016

އޭއެފްސީގެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިނީ ދަނޑުތަކެއް އަޅައި ދިނުމަށް އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ އެއްބަސްވެވަޑައިގެންފި އެވެ.

"ޔޫތު މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ޔޫތު މިނިސްޓްރީން ހުށަހެޅުވި މިނީ ޕިޗްތަކެއް އަޅައި ދިނުމަށް، އެހެންވެ މީނީ ޕިޗްތަކެއް އެޅުމުގެ ފުރުސަތުވެސް ވަރަށް ބޮޑު" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

އޭއެފްސީގެ އިތުރު ޕްރޮޖެކްޓްތައް ރާއްޖެއަށް ގެނެސްދޭނެ ކަަމަށް ވިދާޅުވި

ބައްސާމް ވިދާޅުވީ ރާއްޖެއިން އޭއެފްސީ އަށް ހުށަހަޅާ ކަންކަން އަވަސް މަރުހަލާއެއްގެ ތެރޭގައި ނިންމައިވައި ދެއްވާނެ ކަމަށް ސަލްމާން ވިދާޅުވި ކަމަށެވެ.

އަދި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ރާއްޖެއަށް އިތުރު ކަންކަމެއް ބޭނުން ނަމަ އޭއެފްސީ އަށް ހުށަހެޅުވުމުން އެކަންކަން ތަންފީޒު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން އޭއެފްސީ މިހާރު ހިންގާ އިތު ޕްރޮޖެކްޓްތައް ރާއްޖޭގައިވެސް ފެށުމަށް އެފްއޭއެމުން ހުށަހެޅުއްވި ކަމަށާއި އެކަމަށްވެސް ޝައިހް ސަލްމާން ޕޮޒިޓިވް ޖަވާބެއް ދެއްވި ކަމަށް ބައްސާމް ވިދާޅުވި އެވެ.