ރާއްޖެ ކުޅިވަރު

ކްއާޓާގެ ޖާގަ ޔަގީން ކުރި ފުރަތަމަ ޓީމަކަށް އެންމެ ފަހުގެ ޗެމްޕިއަން

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށިބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލު މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ފ. ފިއަލީ އެކުވެރި ޒުވާނުންގެ ގުޅުން ކަށަވަރު ކޮށްފިއެވެ.

އެ ޓީމަކީ މިހާތަނަށް ކްއާޓާ ފައިނަލު ޔަގީން ކުރި ހަމައެކަނި ޓީމެވެ. ނަމަވެސް ގުރޫޕް ބީ އިން ހުޅުމާލޭ ވްމޭން ސްޓާއާއި ގުރޫޕް ސީ އިންވެސް ލ. ގަމު މާސް ޓީީމުވެސް އޮތީ ކްއާޓާއާ ދާދި ގާތުގައެވެ. މި ދެޓީމަށްވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ފީއަލީ ޒުވާނުންގެ އެކުވެރި ކުލަބު ކްއާޓާގެ ޖާގަ ޔަގީން ކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މިހާތަނަށް އެ ޓީމުން ހަދާފައިވަނީ 97 ލަނޑެވެ. އެގުރޫޕުން ކްއާޓާގެ ދެ ވަނަ ޖާގަ އަށް ވާދަ ކުރަނީ މައްޗަންގޮޅި ވިދުވަރު ޓީމެވެ. އެޓީމަށް މިހާތަނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއަދާއި މިރޭ ކުޅޭ މެޗްތަކުން މުބާރާތުގެ ކްއާޓާ ފައިނަލް ހުރިހާ ޖާގަތަކެއް ޔަގީން ވާނެއެވެ.