ފޭރުން

ފޯނެއް ފޭރިގަތް މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

Nov 24, 2016

މީހެއްގެ އަތުން ފޯނެއް ފޭރިގަތް މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ތަހްގީގަށް ހޯދާ މީހެއް ކަމަށެވެ. އެ މީހާ ތަހްގީގަށް ހޯދަމުންދަނީ މި މަހުގެ ހަތްވަނަ ދުވަހު ކުރީގެ ޔޫއެން ބިލްޑިން ސަރަހައްދުން އަންހެނެއްގެ އަތުން މޯބައިލް ފޯނެއް ފޭރުނު މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް އެކަން ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.