ހަބަރު

އެމްޕީއެލް ކުޑަކުދިންގެ ހަވީރު މާދަމާ

Nov 25, 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ކުޑަކުދިންގެ ހަވީރު މާދަމާ އޮންނާނެ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ ހަވީރު 16:00 އިން ހަވީރު 6:00 އާ ހަމައަށް އެމްޕީއެލްގެ މީރު ބަހުރު ބަނދަރުގައި ކަމަށެވެ.

އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަވީރުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިން އާއި ގޯ ފިޝިން، ސްނޭކް އެންޑް ލެޑާ، ބާސްކެޓް ބޯލް ޝޫޓް އަދި ފުޓް ބޯލް ޝޫޓު ފަދަ ހަރަކާތްތައް ހިމެނެއެވެ

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަލައްހައްޓާ އެމްޕީއެލްއަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.