ރާއްޖެ ކުޅިވަރު

ގައުމީ އަންހެން ޗެމްޕިއަންކަން މިސްކިތް މަގަށް

ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި އަލްމުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޏ. ފުވައްމުލައް މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓް މިއަދު ހަވިރު ކުޅުނު މެޗް މިސްކިތް މަގު ކާމިޔަބު ކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ދެ ސެޓް މިސްކިތް މަގު ކާމިޔާބު ކުރީ 25-20، 25-22 ންނެވެ. ތިން ވަނަ ސެޓް ޕޮލިސް ކުލަބު ކާމިޔަބު ކުރީ 25-23 ން ނެވެ. އަދި ހަތަރު ވަނަ ސެޓް މިސްކިތް މަގު ކަމިޔަބު ކުރީ 25-20 ންނެވެ.

ފައިނަލު މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތް މަގުގެ ޕްރަތީބާ މާލީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތް މަގުގެ ފާތިމަތު މަޒިއްޔާއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ފާތިމަތު ޒޫޒަން ޒަރީރުއެވެ.