ރާއްޖެ ކުޅިވަރު

ފަހުގެ ޗެމްޕިއަން ބަލިކޮށް ގައުމީ ޗެމްޕިއަންކަން މޯލްޑިވިއަން އަށް

ތަށި ދިފައު ކުރަން ފައިނަލަށް ނިކުތް އެންމެ ފަހުފެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި އެލައިޑް އިންޝިއުރެންސް ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައިފިއެވެ.

މިރޭ ކުޅުނު ފައިނަލް މެޗް މޯލްޑިވިއަން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ދެ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ 25-13 އަދި 25-21 ންނެވެ. ތިން ވަނަ ސެޓް ޑީއެސްސީ ކާމިޔަބު ކުރީ 25-22 ން ނެވެ. އަދި ހަތަރު ވަނަ ސެޓް މޯލްޑިވިއަން ކާމިޔަބު ކުރީ ކަމިޔަބު ކުރީ 25-15 ންނެވެ.

ފައިނަލު މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އަލީ ހުޒާމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލީ ހުޒާމްއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯގެ ހަސަން ނިލާމްއެވެ.