އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފައިނަލްގައި ޓީސީ ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ފައިނަލުގެ ފުރުސަތު މާޒިޔާއަށް ނުލިބުމުން ސީޒަންގެ ތިން މުބާރާތް ވެސް ކާމިޔާބު ކުރަން ނިކުތް މާޒިޔާ މިފަހަރު ސީޒަން ނިންމާލީ އެންމެ ތައްޓަކާއެކުއެވެ.
ފައިނަލަށް ދަތުރު ކުރުމުން މިފަހަރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި އޮތީ އެޓީމެވެ. ދިވެހި ލިގާއި އެފްއޭ ކަޕްގެ ދެ ވަނަ މަގާމު ހޯދިއިރު ޕްރެޒިޑެންޓް ކަޕްގެ ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.
މެޗްގައި ޓީސީގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓްގައި ނާއިޒު ހަސަން ދިން ޕާހަކުން ކާމިޔާބު ކުރީ އަހްމަދު ނިޒާމްއެވެ. ދެ ވަނަ ލަނޑު ދާދު ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު ވަގުތުގައެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިއަންނަ އަންގާރަ ދުވަހުގެ ރޭ ގައެވެ.