މާޒިޔާގެ ކޯޗް ކަމުން ރާއްޖޭގެ އެއްވަނަ ކޯޗް އަލީ ސުޒޭން އިސްތިއުފާ ދީފިއެވެ. ސުޒޭން އިސްތިއުފާ ދިނީ ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލުގައި ޓީސީ އަތުން ބަލިވި މެޗަށް ފަހު އެވެ. އޭނާވަނީ މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިންނާ ވަކިވަކިން ސަލާމް ކޮށްފަ އެވެ.
ސުޒޭން ކޯޗް ކަމުގައި އޭނާ ވަނީ ރާއްޖޭގަައި މިހާރު ކުޅޭ ހުރިހާ މުބާރާތެއް މާޒިޔާއަށް ކާމިޔާބު ކޮސްދީފައެވެ. އަދި ބިދޭސީ ޓީމު ތަކަށް ދައުވަތު ދީގެ މިދިޔަ އަހަރު ބޭއްވި ޕީޕަލްސް ކަޕްގެ ފައިނަލަށް އެޓީމު ގެންގޮސްދީފަ އެވެ.
މިދިޔަ އަހަރު ޕްރެޒިޑެންޓް ކަޕް މާޒިޔާއަށް ކާމިޔާބު ކޮށްދީ ދެ ޓީމަކަށް ޕްރެޒިޑެންޓް ކާމިޔާބު ކޮށްދިން ފުރަަތަމަ ކޯޗްގެ ރެކޯޑް ހަދާފައެވެ.
ދެހާސް ސާދަ ވަނަ އަހަރު މާޒިޔާގެ ކޯޗް ކަމަ ހަވާލުވުމުގެ ކުރިން ސުޒޭން ހުރީ އެފްއޭއެމްގައި ގައުމީ ޓިމު ތަކުގެ ޑިރެކްޓަރުގެ މަގާމުގައެވެ. މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ އޭނާ އެންމެ ފަހުން ކޯޗް ކޮށްދޭނެ ޓީމަކީ މާޒިޔާ ކަމަށެވެ.