ކުނި މެނޭޖް ކުރުން

ސިނާއީ އަވަށުގައި ކުނި މެނޭޖު ކުރަން ފަހުގެ ތައްޔާރީތައް ފަށައިފި

Nov 29, 2016
2
ސިނާއީ އަވަށުގައި ގާއިމު ކުރި ވޭސްޓް ކަލެޝަން ސެންޓަރު މިއަދު އެންވަޔަރަން މިނިސްޓަރު ތޯރިގާ ހަވާލު ކުރުމަށް ހައުސިން މިނިސްޓަރު ލިޔުން ދެއްވަނީ -- އަފްޝީން ނަސީރު | އަވަސް
0%
0%
0%
  • ސަރަހައްދަށް ކުނި އުފުލާ އުޅަނދު ކައިރިކުރާނެ
  • ސިނާއީ އަވަށް ހެދުމަށް 170 މިިލިއަން ރުފިޔާ
  • އަވަށުގެ ބޮޑު މިނުގައި 4.5 ހެކްޓަރު ހުރޭ

ސިނާއީ އަވަށުގައި ކުނި މެނޭޖު ކުރަން ފަށަން ފަހުގެ ތައްޔާރީތައް ފަށައި، ވޭސްޓް ޔާޑު ހަދާ ބިން އެންވަޔަރުމެންޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ބޮޑު ސަރަހައްދެއް ހިއްކައިގެން މާލޭގެ ދެކުނު ފަރާތުގައި ސަރުކާރުން ތަަރައްގީކޮށްފައިވާ ސިނާއީ އަވަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސަރަހައްދު އެންވަޔަރަންމެންޓް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެންވަޔަމެންޓް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިނާއީ އަވަށުގެ އެންމެ މުހިންމު އެއް ބޭނުމަކީ މާލޭގައި ކުނީގެ މައްސަލަ ހައްލު ކުރުން ކަމަށާއި، މި ސަރަހައްދުގައި މަސައްކަތް ފެށުމުން ކުނީގެ މައްސަލަ ހައްލު ލިބިގެންދާނެ ކަމަށެވެ.

"އިންޑަސްޓްރިއަލް ވިލެޖަކީ ރައީސް ޔާމީންގެ އިސް ނެންގުވުމުގެ މަތިން ކުރިއަށް ގެންދެވޭ އެންމެ މުހިންމު މަޝްރޫއު. މިއަދާ ހަމައަށް ވަަރަށް ގިނަ ދަތިތައް މާލޭގެ ރައްޔިތުން ދިޔައީ ތަހައްމަލް ކުރަމުން. އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގެ ސަބަބުން އެކަމަށް ހައްލު ލިބިގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.

ވޭސްޓް ކަލެކްޝަން ސެންޓަރަށް އުޅަނދު ފަހަރު ކައިރި ކުރާ ސަރަހައްދު -- އަފްޝީން ނަސީރު | އަވަސް

މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްގެން ބޮޑު މަޝްރޫއެއް ވެސް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ކުނި އުފުލާނެ 20 ޓްރައިސައިކަލް ހޯދުމަށް އެ ކުންފުނިން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި ތިލަފުށީ ކުނީގެ މައްސަލަ ހައްލު ކުރުމަށް 100 މިލިއަން ޑޮލަރުގެ ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

"ކުނި އުކާލުމަށް މިހާރު އެތައް މިލިއަން ރުފިޔާއެއް ދޭ. އަދި ކުނީގެ ސަބަބުން ސްކޫލް ކުދިންނާއި މާލޭގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. އެހެން ކަމުން ރައީސް ޔާމީން ނިންމެވީ ދާއިމީ ހައްލެއް ގެނެސް ދިނުމަށް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިނާއީ އަވަށަކީ 4.5 ހެކްޓަރުގެ ބިން ހިއްކަންއިގެން ހަދާފައިވާ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫއަށް ސަރުކާރުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ބިމުގައި މާލޭގައި ހިނގާ ބޮޑެތި އިންޑަސްޑަސްްޓްރިއަލް ގުދަންތަކާއި ހެވީ ވެހިކަލްތައް ބަދަލު ކުރާއިރު، މި ބިމުގެ ބޮޑު ބައެއް ވަނީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ކޮށްފަ އެވެ. އެގޮތުން މި ސަރަހައްދު ފައްކާކޮށްފައިވަނީ ކުނި އުފުލާ އެންމެ ބޮޑެތި އުޅަނދު ފަހަރު ވެސް ކައިރިކޮށްލެވޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެންމެ ޒަމާނީ ފެންވަރަކަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމުން ކުނީގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ވޭސްޓް މެނޭޖުމަންޓް ޔާޑު ހެދިގެންދާނީ ކުނި މެޝާ ވެސް ކުރެވޭ ގޮތަށް. އެކަން ކުރުމަށް ކޮންސަލްޓެންސީ މަސައްކަތް ބަޔަކާ ހަވާލު ކުރެވިގެން ކުރި އަށް މި ދަނީ. ސަރުކާރުން ވަރަށް ބުރަ މަސައްކަތުން މި ތަން ހިއްކާފައި މި ވަނީ. ކުނީގެ މަސައްކަތް ކުރުން މާލެއާ ވަކި ކުރުމަކީ ސިއްހީ ގޮތުން ވެސް ރައްކާތެރި ކަމެއްގެ ގޮތުުގައި ސަރުކާރުން ދެކޭ،" ތޯރިގު ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވިސްނާތި

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖްގެ ބިން ތިމާވެށި މިނިސްޓްރީ އަށް މިއަދު ދިނަސް އަދި ކުރިއަށް އޮތް 50 އަހަރު ވެގެން ދާއިރު ވެސް ތިމާވެށި މިނިސްޓްރީގައި ތިބި ރަންޑު އަންހެން ދުޅައިގެ އެއްވެސް ސިމިލަރ ޓައިޕް އޮފް ޓްރެކް ރިކޯރޑެއް ނެތް މީހުން ގޮވައިގެން ތިތަނުގައި ހަދަން ޖެހޭ ކުނި ނައްތާލާ ރިސައިކަލް ސްޓޭޝަން ނެހެދޭނެއެވެ. ފުރަތަމަ ކަމަކީ ތިތަނުގައި ނެތޭ ތިބާވަތުގެ ކަމެއް ކުރި އެކަކު ވެސް. ތިފަދަ ފިރިހެން ވަންތަ މަސައްކަތެއް ކުރެވޭނީ ހައުސިންގް މިނިސްޓްރީ އަށެވެ. މާލޭގެ ކުނި ތައް ނައްތާލުމުގެ މަސައްކަތް ތިމާވެށި މިނިސްޓްރީން ނަގާ އެމަސައްކަތް ހަވާލު ކުރަންވީ ހައުސިންގް މިނިސްޓްރީ އާއި އެވެ. ތިމާވެށި މިނިސްޓްރީ ދަށުގައި ތިކަން އޮވެއްޖެނަމަ ތީ ލަންކާ އިންޑިއާ ކުންފުނި ތަކުން އައިސް ތިތަނުގައި ގޭސް ގަނޑު ގަނޑު އަނބުރާނީ ތިޔާ މިނިސްޓްރީގައި އުޅޭ ސާރވެންޓުންގެ ބޮޑުންނާއި ގުޅިގެން. ކޮލިޓީ އެއް ހުރި އެއްވެސް ކަމެއް ނުކުރާނެއެވެ. ނަތީޖާ އަކީ ތިތަން 2050 ގައި ވެސް ނުނިމުމެވެ. މަމެން ޕިންކީން 2050 ގައި ވެރިކަން ކުރާއިރު ވެސް ތިތަން ތިމާވެށި މިނިސްޓްރީ އަށް ނުނިމިގެން އުޅޭ ޚަބަރު މުޅި މީޑިއާ ގައި އޮންނާނީ. ނިންމޭ ނަމަ ރާ އަތޮޅު ވަންދޫ 10 އަހަރު ދުވަސްވީއިރު ނިމެން ޖެހޭނެ ނޫންތޯއެވެ. ބޮޑު ބިޔަ ލޯނެއް ނަގައިގެން އެކަން ނުވި މިނިސްޓްރީ އަކަށް ތިކަން ނުވާނެއެވެ. ތިކަމާއި މެދު އެބަޖެހޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން.

ދދ

ރީތި ސުވިމް ޕޫލެއް!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345