މޯލްޑިވްސް ޕޮލިސް ސާވިސް

އިންޖީނު ނެތް ވެހިކަލްތައް ކުނީގެ ގޮތު އުކާލަނީ

އިންޑަސްޓްރިއަލް ވިލެޖުން ކުނީގެ ގޮތުގައި އުކާލަން ފުލުހުން ނެގިި ލޮރީއެއް: މިފަަދަ އުޅަނދުތައް އުކާލާނެ -- ފޮޓޯ: ޕޮލިސް
0%
0%
0%

އިންޖީނު ނެތި މާލޭގެ މަގުތަކުގައި ހުރި ވެހިކަލްތައް ކުނީގެ ގޮތުގައި އުކާލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނެފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ތެރޭގައި އިންޖީނާ ނުލައި ހުރި ވެހިކަލްތަކެއް ރެ އާއި މިއަދުގެ ވަގުތެއްގައި އުކާލާފައިވާނެ ކަމަށެވެ. އަދި މާލެ ތެރޭގައި ވެސް އެގޮތަށް އިންޖީނު ނެތި ބާއްވާފައިވާ އުޅަނދުތައް ކުނީގެ ގޮތުގައި އުކާލާނެ ކަމަށެވެ.

އިންޖީނު ނެތި ބާވެ ހަލާކުވެފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެސް ހުރެއެވެ. މާލެ ފަދަ ޖާގައަށް ދަތި ތަނެއްގެ މަގުމަތީގައި އެފަދަ ވެހިކަލްތައް ހުރުމުން ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ފުލުހުން ކޮށްފައިވާ ޓުވީޓް
2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345