ދުނިޔޭގެ ކުލަބު ފުޓްބޯޅައިގައި އެންމެ ވާދަވެރި އެއް ކުރިމަތި ލުމަކީ ސްޕެއިންގެ ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތި ލުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އެންމެން އެންމެ ބޮޑަށް ސަމާލުކަން ދޭ ފުޓްބޯޅައިގެ އިވެންޓެވެ.
ރާއްޖޭ ގަޑިން މާދަމާ ރޭ 8:15 ގައި ފަށާ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު ޓީވީ މެދުވެރިކޮށް 400 މިލިއަނަށް ވުރެ ގިނަ މީހުން މެޗް ބަލާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. މެޗް ބަލަން ސްޓޭޑިއަމަށް އެކަނިވެސް 100000 ގާތް ކުރާ އަދަދަކަށް މީހުން ދާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ރާއްޖޭ ގަޑިން މާދަމާ ރޭ 8:15 ގައި ފަށާ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު ޓީވީ މެދުވެރިކޮށް 400 މިލިއަނަށް ވުރެ ގިނަ މީހުން މެޗް ބަލާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. މެޗް ބަލަން ސްޓޭޑިއަމަށް އެކަނިވެސް 100000 ގާތް ކުރާ އަދަދަކަށް މީހުން ދާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މި އަދަށް އެލްކްލެސިކޯ ބަލައިފިނަމަ މިއީ މިދިޔަ ތިން އަހަރު ތެރޭ އެންމެ ގިނަ ބަޔަކު ބަލާނެ ފުޓްބޯޅައިގެ އިވެންޓެވެ.
2014 ވަނަ އހަރު ވޯލްޑް ކަޕް ފައިނަލު ބަލަން ދަނޑަށް ވަދެފައިވަނީ 74738 މީހުންނެވެ.
މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ބަލަން ވަދެފައިވަނީ 75868 މީހުންނެވެ.
މާދަމާ ރޭ އެލްކްލެސިކޯ ބަލަން 90154 މީހުން ދަނޑަށް ވަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
އެލްކްލެސިކޯގައި ދަނޑުމަތިން އެއް ބިލިއަން ޑޮލަރު
ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޮބްސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގައި އޮތް އެންމެ މުއްސަނދި ދެ ކުލަބަކީ ރެއާލް އާއި ބާސެލޯނާއެވެ. ލިސްޓްގެ ތިން ވަނައިގައި އުޅެނީ އެމެރިކާގެ މަޝްހޫރު ކުޅިވަރެއްކަމުގައިވާ އެމެރިކަން ފުޓްބޯލް ޓީމެކެވެ.
ދުނިޔޭގައި އޮތް އެންމެ މުއްސަނދި ދެ ކުލަބަށް މި ދެކުލަބު ވާއިރު މާދަމާ ރޭ ގެ މެޗްގައި ދަނޑު މަތިން ފެންނާނެ ދެ ޓީމުގެ ކުޅުންތެރިންގެ އަގު އެއް ބިލިއަން ޑޮލަރަށް އަރައެވެ.
އެލްކްލެސިކޯގެ ވާދަވެރިކަމާ އެއްވަރަށް އެ މެޗްގައި ސަމާލުކަން ހުއްޓޭނެ ދެ ކުޅުންތެރިންނަކީ ބާސާގެ ލިއޮނަލް މެސީ އާއި ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ފުޓްބޯޅައިގެ އިންޑަވިޖުއަލް އެތައް ރެކޯޑެއް މިހާރުވެސް ހިއްސާ ކުރާ ދެ ކުޅުންތެރިންނެވެ. މި ދެކުޅުންތެރިންގެ އާންމުދަނިއަށް ހަފަތާއަކު އެކަނިވެސް 500000 ޑޮލަރު ހޭދަވެއެވެ.