އޭސް ހާޑްވެއާ

ޔަމަހާ ޖީޓީ ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އޭސް ހާޑްވެއާއިން

Dec 2, 2016

އޭސް ހާޑްވެއާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި "ބޮޑު 5"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެ ހާޑްވެއާއިން ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އޭސް ހާޑްވެއާއިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޔަމަހާ ޖީޓީ 125 ސައިކެލެއް ލިބޭނެ ކަމަށް އެ ހާޑްވެއާއިން ބުންޏެވެ.

މި ގުރުއަތުގައި ބައިވެރިވުމަށް ކޮންމެ 299 ރުފިޔާގެ ވިޔަފާރީއަކަށް ކޫޕަނެއް ދޭނެ އެވެ. އަދި މި ޕްރޮމޯޝަންގައި ބަދިގެއަށް ހާއްސަ ތަކެއްޗާއި އެހެނިހެން ބާވަތުގެ މުދަލުން 70 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޭސް ހާޑްވެއާއިން ބުނެ އެވެ.

އޭސް ހާޑްވެއާއަކީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލްއާ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ ލޯޑް މޯލްޑިވްސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށި ވިޔަފާރިއެކެވެ.