ބޭރު ކުޅިވަރު

އެލްކްލެސިކޯގައި ފޭވަރިޓެއް ނެތް، އޮތީ ފިފްޓީ ފިފްޓީ ޗާންސެއް: ޒިދާންް

އެލްކްލެސިކޯގައި ފޭވަރިޓެއް ނެތް ކަމަށާއި ދެ ޓީމަށް ވެސް އޮތީ ފިފްޓީ ފިފްޓީ ޗާންސެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ބާސެލޯނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗްގެ ކުރިން ޒިދާން ބުނީ ބާސެލޯނާއަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި ޗެމްޕިއަން ޓީމު އަބަދުވެސް ވަރުގަދަ ވާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ބާސާގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް ވަނީ މޮޅުވެފަ އެވެ. އެ މެޗުން މިރޭގެ މެޗަށް ފިލާވަޅުތަކެއް ލިބިދާނެތޯ ސުވާލު ކުރުމުން ޒިދާން ބުނީ އޭރު ރެއާލް މެޑްރިޑްގެ ހަލާތު ތަފާތު ކަމަށާއި މިރޭގެ މެޗް ކުރީގެ މެޗަށް ވުރެ ތަފާތު ވެގެންދާނެ ކަމަށެވެ.

މި ސީޒަންގައި ބާސާ ފެންނަނީ މިދިޔަ އަހަރަށް ވުރެ ބަލިކަށި ކޮށެވެ. މިދިޔަ އަހަރާއި މިއަހަރުގެ ތާފާތާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ އޭނާއަކީ މާޒީ އަށް ބަލާ މީހެއް ނޫން ކަމަށެވެ.

"ކޮންމެ މެޗަކީ ތަފާތު މެޗެއް އަހަރެމެން އަބަދުވެސް ބާސާގެ ޓީމު ދެނެގަންނަން މަސައްކަތް ކުރަން ނަމަވެސް އެމީހުންގެ ނެތް ބަލިކަށި ތަނެއް އެމީހުން ވަރަށް ވަރުގަދަ،" ޒިދާން ބުންޏެވެ.

މިދިޔަ ސީޒަންގައި ބާސާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗްގައި ރެއާލް މޮޅު ކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކަރީމް ބެންޒެމާ އެވެ.

"އަހަރެމެންނަށް އެނގޭ ބެންޒެމާ އަކީ ކިހާ މުހިންމު ކުޅުންތެރިޔެއް ކަން މިކަހަލަ ބޮޑެތި މެޗްތަކުގައި އޭނާ އަކީ ވަރަށް މުހިންމު ނަމެއް އަހަރެން އުންމީދު ކުރަނީ ބާސާއާ ދެކޮޅަށް ރަނަގޅު ކުޅުމެއް ދައްކާނެ ކަމަށް."