ރާއްޖެ ކުޅިވަރު

ސުޒޭން ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމުގެ އިޝާރާތެއް!

ނިމިދިޔަ ސީޒަނަށް ފަހު މާޒިޔާގެ ކޯޗްކަން ދޫކޮށްލި އަލީ ސުޒޭން އަކީ ކޯޗިން ކެރިއާގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކަމިޔާބު ކޯޗެކެވެ. ދެ ޓީމެއްގައި އެންމެ ކާމިޔާބު ކޯޗެއްގެ ރެކޯޑް އޮތް އެހެން ކޯޗެއް ސުޒޭން ނޫނިއްޔާ މިހާތަނަށް ރާއްޖޭގެ ފުޓްބޯޅައިން ފެނިފައެއް ނުވެ އެވެ.

ރާއްޖޭގެ ފުޓްބޯޅައި ގައި އެންމެ ޒަމާންވީ ގަދަ ބާރު ވިކްޓްރީ ސްޕޯޓްސް ކުލަބު ހަޔާތުގައިވެސް ފެނުނު އެންމެ ކާމިޔާބު އެއް ކޯޗަކީވެސް ސުޒޭން އެވެ. މާޒިޔާގެ ކޯޗް ކަމުން އެ ވަކިވީ އެ ކުލަބަށް މިހާރު ރާއްޖޭގައި ކުޅޭ ހުރިހާ ފުޓްބޯޅަ މުބާރާތެއް ކާމިޔާބު ކޮށް ދިނުމަށް ފަހު އެވެ.

ސުޒޭން ދެން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ނޫސްވެރިންނާއި ފުޓްބޯޅައިގެ އާއިލާއާއި ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނެވެ. މާޒިޔާގެ ކޯޗު ކަމުން ވަކިވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދިން އިންޓަވިއުގައި، އަވަސް އާ ވަހަކަ ދައްކަމުން ސުޒޭން ބުނީ އޭނާ ފުޓްބޯޅައާ ދުރަށް ނުދާނެ ކަމަށާއި އަންނަ އަހަރުވެސް ފުޓްބޯޅަ އަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ.

"ސީޒަނަށް ފަހު އަދި ހަމަ ރެސްޓް މި ކޮށްލަނީ އަދި ވަކި ގޮތެއް ނުނިންމަން އެކަމަކު ޔަގީންކަން ދެން ފުޓްބޯޅައަކާ ދުރަކަށް ނުދަން ފުޓްބޯޅައިގެ ހިދުމަތުގައި އަބަދުވެސް ހުންނާނަން،" އޭނާ ބުންޏެވެ.

ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ވަކި ގޮތެއް ނިންމާނަން އަދި ދެން ދުވަސް ކޮޅެއްވެސް އެބައޮތް."

ސުޒޭން ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. އޭނާ ވަނީ އެ މުބާރަތުގައި ބައެއް ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔަބު ހޯދައިދީފަ އެވެ. ނަަމަވެސް ސުޒޭންގެ ފުޓްބޯޅައިގައިވެސް އަދި ކޯޗިންގައިވެސް އެންމެ ފުރަތަމަ މަދަރުސާއަކީ ވިކްޓްރީ އެވެ. ވިކްޓްރީގެ ހެޑް ކޯޗުކަން މައުރޫފް އަހްމަދު (މާއްޓޭ) ކުރިއިރު ސުޒޭން އަކީ މާއްޓޭގެ އެސިސްޓެންޓެވެ. މާއޓޭގެ ލަފާ އަކީ ސުޒޭން އާއީ ދިވެހި ފުޓްބޯޅަ އަށްވެސް އޮތް ރަނގަޅު އިރުޝާދަކަށް ވާނެ އެވެ.

"ސުޒޭން ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތް ކުރުމުގައި މުހިން މަސައްކަތް ތަކެއް ކޮށްފަ، ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ރާއްޖޭގައިވެސް ފެންވަރު ރަނގަޅު ޓެކްނިކަލް މީހުން އުފެއްދިދާނެ ކަމުގެ ހެއްކެއް އެއީ ސުޒޭން ފަދަ ކާމިޔާބު ކޯޗެއް އުފެދުން،" މާއްޓޭ ބުންޏެވެ.

"ފުޓްބޯޅަ އަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ސުޒޭން ކަހަލަ ތަޖުރިބާކާރު ޓެކްނިކަލް ބޭފުޅެއް އެބަ ބޭނުންވޭ މެނޭޖްމެންޓް ސައިޑުން އެހީތެރިކަން ފޮރުކޮށްދިނުމަށް، އަޅުގަނޑުގެ ލަފާ އަކީ ސުޒޭން މެނޭޖްމެންޓް ސައިޑްގައި މަސައްކަތް ކުރުން."

"ފުޓްބޯޅަ އަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ސުޒޭން ކަހަލަ ތަޖުރިބާކާރު ޓެކްނިކަލް ބޭފުޅެއް އެބަ ބޭނުންވޭ މެނޭޖްމެންޓް ސައިޑުން އެހީތެރިކަން ފޮރުކޮށްދިނުމަށް، އަޅުގަނޑުގެ ލަފާ އަކީ ސުޒޭން މެނޭޖްމެންޓް ސައިޑްގައި މަސައްކަތް ކުރުން." މާއްޓޭ ސަޖެޝަން އަކީ މިއެވެ.

ސުޒޭން މަސައްކަތް ކުރާނީ މެނޭޖްމެންޓްގައި ކަމެއް އަދި ކޯޗެއްގެ ގޮތުގައި ކަމެއް މިހާތަނަށް އޭނާ ނުނިންމައެވެ. އޭނާ ދިން ޔަގީން ކަމަކީ ފުޓްބޯޅައާ ދުރަށް ނުދާނެ ކަމެވެ. ޓެކްނިކަލް ދާއިރާއިން މެނޭޖްމެންޓް ސައިޑުން ފެނިދާތޯ ސުވާލު ކުރުމުން ސުޒޭން ބުނީ "ދުވަހަކުވެސް ވަޒީފައެއްގެ ގޮތުން ފުޓްބޯޅައިގައި މަސައްކަތް ނުކުރާ" ކަމަށެވެ.

"އެހާ ޑެސްޕަރޭޓެއް ނޫން ކަންނޭންގެ ޖޮބެއްގެ ބޭނުމުގައި ހަމަ ފުޓްބޯޅައިގެ މަގާމަކަށް ދާކަށް، ދުވަހަކުވެސް ފުޓްބޯޅަ އަކަށް ނުނިކުންނަން ވަޒީފާއެއް އަދާ ކުރުމުގެ ބޭނުމުގައެއް."