ބޭރު ކުޅިވަރު

ރޮނާލްޑޯ ބަރާބަރަށް ޓެކްސް ދައްކާ: ޓެކްސް އެޖެންސީ

Dec 5, 2016

ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބަރާބަރަށް ޓެކްސްގެ މަރުހަލާތައް ފުރިހަމަކޮށް ޓެކްސް ދައްކަމުންދާ ކަމަށް ސްޕެއިންގެ ގައުމީ ޓެކްސް އެޖެންސީން ބުނެފި އެވެ.

ރޮނާލްޑޯ އާއި ރެއާލް އަށް ކުރިން ކުޅުނު ޖަރުމަންގެ މެސްޓް އޮޒިލްއައި އޭރުގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ފަބިއޯ ކޮއެންޓްރޯއާއާ ގުޅޭ ގޮތުން ޓެކްސްއަށް މަކަރު ހަދާ ކަމަށް ތުހުމަތުކޮށް ޔޫރަޕިއަން އިންވެޓިގޭޝަން ކޮލާބަރޭޝަން (އީއަސީ) އިން ނެރުނު ރިޕޯޓާ ގުޅިގެން ސްޕެއިންގެ ޓެކްސް އެތޯރިޓީން އާންމުކޮށްފައިވާ ޑޮކިޔުމެންޓްގައި ބުނެފައިވަނީ ޓެކްސްގެ މަރުހަލާތައް ބަރާބަރަށް ފުރިހަމަ ކުރުމުން ދޭ ސެޓްފިކެޓް ރޮނާލްޑޯއަށް ދީފައިވާ ކަމަށެވެ.

"ޓެކްސް އެޑްމިނސްޓްރޭޝަން އެޖެންސީން ވާނީ ޓެކްސްގެ ގަވައިދުގެ 74 ގެ އެއް ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރޮނާލްޑޯ ބަރާބަރަށް އޭނާގެ މާލީ ހިސާބުތައް ފުރިހަމަ ކޮށްފައިވާ ކަމުގެ ސެޓްފިކެޓް ދީފައެވެ." ޓެކްސްއެޖެންސީގެ ޑޮކިޔުމެންޓްގައި ބުނެފައިވެ އެވެ.

ޓެކްސް އެޖެންސީގެ ޑޮކިޔުމެންޓަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް ސައްހަ ޑޮކިޔުމެންޓެކެވެ.

"މި ސެޓްފިކެޓަކީ ޓެކްސްގެ މަރުހަލާތައް ބަރާބަރަށް ފުރިހަމަ ކޮށްފައިވާތީ ޓެކްސް ދެއްކި ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ދީފައިވަ ސެޓްފިކެޓެވެ." ޓެކްސް އެޖެންސީއިން ދޫކުރި ރޮނާލްޑޯގެ ޑޮކިޔުމނެްޓްގައި ވެއެވެ.