ލައިފްސްޓައިލް

އިސްލާމިކް ސްޓައިލްތައް ފެޝަންގެ ދުނިޔެ އިންގިލާބުކޮށްލައިފި

Dec 9, 2016
3

އަަރުތެރޭ އެންމެ ވައިގަ ހިފި އެއްވާހަކަ އަކީ ފުރާންސްގައި ބުރުކިނީ މަނާކުރި ހަބަރެވެ. ނަމަވެސް މިކަމަކީ މުސްލިމުން ފެޝަންގެ ދުނިޔޭގައި ހޯދި ކާމިޔާބީ ފަނޑުކޮށްލެވޭ ވަރުގެ ކަމަކަށް ނުވި އެވެ. އަދި މިއަހަރު ވެގެން ގޮސްފައިވަނީ ފެޝަންގެ ދުނިޔޭގައި ތަފާތު ހަރުފަތްތަކަކަށް މުސްލިމުން ދިޔަ އަހަރަކަށެވެ.

ބުރުކިނީ މަނާ ކުރި މައްސަލަ ހޫނުވެފައި އޮއްވައި ފެށި ނިއުޔޯކް ފެޝަންވީކްގެ ފުރަތަމަ ހަފްތާ ވެގެންދިޔައީ އެކަމަށް ދިން ރަނގަޅު ޖަވާބަކަށެވެ. ނިއުޔޯކް ފެޝަން ވީކްގައި މުސްލިމް ފެޝަން ނުވަތަ ބުރުގާ އެޅި ސްޓައިލްތައް ފިޗާކުރުން ވެގެން ދިޔައީ ހުޅަނގުގެ މީޑިއާ ތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަކަށެވެ.

މެއިން ސްޓީރީމް ހުރިހާ މީޑިއާ ތަކެއްގައި ވެސް އެންމެ ގަދަޔަށް ދެކެވުނީ އެވާހަކަ އެވެ.

މީގެއިތުރުން ނިމިގެން ދިޔަ ހަފްތާގެ ހެޑްލައިންތަކުން ހަލީމާ އެޑެން 19، ޖާގަ ހޯދީ ފުރަތަމަ ފަހަރަށް މިސް ޔޫއެސްއޭ މުބާރާތުގައި މިނެސޯޓާ ރަމްޒުކޮށްދޭން ބުރުގާ އަޅައިގެން ވާދަކުރި ވާހަކައިންނެވެ. ސޯމާލިއާ އަދި އެމެރިކާއަށް ވެސް ނިސްބަތްވާ މި ޒުވާނާ ބުރުގާ އަޅައިގެން މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ވާދަކުރުން ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި ކަމަށެވެ.

އޭގެ ހަފްތާއެއް ފަހުން ހަލީމާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާ ބުނެފައިވަނީ "ރީތި ކަމަކީ ވަކި އެންމެ ސައިޒަކަށް ފިޓްވާ ކަމެއްނޫން. އަހަރެމެން އެންމެން ފާހަގަ ކުރަންޖެހޭ އަދި މަރުހަބާ ކިޔަންޖެހޭ އަހަރެމެން ކޮންމެ މީހަކީ ތަފާތު މީހެއްކަން،"

ފާހަގަކޮށްލަށް ޖެހޭ ކަމަކީ ހަލީމާ އެޑެން ނޫނަސް ފެޝަންގެ ދުނިޔެއަށް މުސްލިމުންގެ ނަން ހަރުކުރުން އެތަށް އަންހެނުންނެއް މަސައްކަތްކޮށްފައި ވެއެވެ. ފެޝަންގެ ދުނިޔޭގައި މިހާ މުސްލިމުގެ ބާރު ގަދަވެގެންދާން ފަށާފައި މިވަނީ ފުރާންސްގައި ބުރުކިނީ ލައިގެން އުޅުން މަނާކުރި ހިސާބުންނެވެ.

އެގޮތުން އިންޑޮނޭޝިއާގެ ޑިޒައިނަރެއް ކަމަށްވާ އަނީސިއާ ހަސިބުއާން ވަނީ ނިއުޔޯކް ފެޝަން ވީކްގެ ސްޕްރިންގް/ ސަމާ 2017 ގައި ބުރުގާ އަޅައިގެން ތިބި މޮޑެލްސްއިން ދައްކާލާފަ އެވެ. އޭނާގެ ހުރިހާ ހެދުންތަކެއް ވެސް ފަރުމާކޮށްފައިވަނީ މުޅިހަށިގަނޑު ނިވާވާގޮތަށް ބުރުގާ އެޅި ފަރުމާތަކުންނެވެ.

އަދި މިދިޔަ ނޮވެމްބަރު މަހުވަނީ މުސްލިމް ބިއުޓީ ބްލޮގާ އެއް ކަމަށްވާ ނޫރާ އާފިއާ "ކަވަ ގާލް" ގެ ފުރަތަމަ ބުރުގާ އެޅި އެމްބެސަޑަރަށް ވެފަ އެވެ. ކަވަ ގާލް އަކީ ދުނިޔެއަށް މަޝްހޫރު އެމެރިކާގެ ކޮސްމެޓިކްސް ބްރޭންޑެކެވެ.

އާފިއާ ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިރު ބުރުގާ އަޅައިގެން އުޅުނުއިރު ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. އަދި މުސްލިމް އަންހެނަކު އެފަދަ ލާޖް ސްކޭލް އެއްގައި ފައިތިލަ ސާބިތުކޮށްލެވިދާނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށެވެ. އަދި އޭނާ ވަނީ ކަވާ ގާލްގެ މަސްކަރަ އެއްގެ އިޝްތިހާރެއްގައި މަސައްކަތްކޮށްފަ އެވެ.

މުސްލިމުން ބުރުގާ އަޅައިގެން ތިބެ ވެސް ފެޝަންގެ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭނެކަން އަންގައިދިން އެއްބަޔަކީ މަޝްހޫރު އެންމެ ވަރުގަދަ އެއް ބްރޭންޑް "ޑޮލްޗޭ އެންޑް ގަބާނާ" އިން ޖެނުއަރީ މަހު އެމީހުންގެ "އަބާޔާ ކަލެކްޝަން" ނެރުނު ހިސާބުންނެވެ. އެގޮތުން މޮޑެލްސް އިން ވަނީ އާބާޔާތައް ދައްކާލާ މުޅި ދުނިޔެ ހައިރާން ކޮށްލާފަ އެވެ. އަދި މުސްލިމުން ނޫން އެތަށް ބައެއްގެ ތައުރީފް ވެސް ވަނީ މި ކަލެކްޝަންއަށް އޮއްސާލާފަ އެވެ.