ރާއްޖެ ކުޅިވަރު

ނ. އަތޮޅު މުބާރާތުގެ ފައިނަލް މެޗަށް ޕްޔޯލް އަންނަނީ

Dec 10, 2016
1

ނ. އަތޮޅުގައި ކުރިއަށްދާ "ސިޔާމް މައުރޫފް ސޮކާ ކަޕް" ގެ ފައިނަލް މެޗަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕްޔޯލް ރާއްޖެ އަންނަ ގޮތަށް ހަމަޖެއްހިއްޖެ އެވެ.

ކެނދިކުޅުދޫގައި ކުރިއަށްދާ މުބާރާތަށް ޕްޔޯލް އެ ރަށަށް ދާނީ މިމަހު 27 ވަނަ ދުވަހު އެވެ.

ދެހާސް އަށް ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރު ވޯލްޑްކަޕް ސްޕެއިންއަށް ވޯލްޑްކަޕް ހޯދައިދިނުމުގައި ޕްޔޯލް ވަނީ ސްޕެއިންގެ ފަހަތުގައި މުހިންމު ދައުރެއް އަދަކޮށްފަ އެވެ.

އަދި ބާސާގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު އެއް ކެޕްޓަނަކީ ވެސް ޕްޔޯލްއެވެ. ބާސާ އެއް އަހަރު ތެރޭ ހަ ތަށި ހޯދިއިރު ކެޕްޓަނަކީވެސް އޭނާ އެވެ.

ޕްޔޯލްއާ އެކު އޭނާގެ އަންހެނުންވެސް ރާއްޖެ އަންނާނެ އެވެ.