ބޭރު ކުޅިވަރު

ގާޑިއޯލާގެ ހިޔާލު: މަދުވެގެން ހަ ބަދަލު މުހިންމު

Dec 10, 2016
1

މެޗެއްގައި މަދުވެގެން ހަ ބަދަލު ގެނެވޭގޮތަށް ފީފާގެ ގަވާއިދު ބަދަލު ކުރުން މުހިންމު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފީފާއިން ވަނީ ނިމިދިޔަ ހަފުތާގައި، ވޯލްޑްކަޕްގެ ޖާގަތައް އިތުރުކޮށް 48 ޓީމަށް މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފަ އެވެ. އޭރުން 16 ގުރޫޕަށް ބަހާލައި ކޮންމެ ގުރޫޕެއްގައި އޮންނާނީ ތިން ޓީމެވެ.

ގާޑިއޯލަ ބުނީ ބިޒީ ޝެޑިއުލްގައި މުބާރާތްތައް އިންތިޒާމު ކުރާއިރު ކުޅުންތެރިންނަށް ލިބޭ އަނިޔާތައް ކުޑަ ކުރުމަށް ވެސް ބަދަލު ގެނެވޭ އަދަދު އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އެމީހުން [ފީފާ] ގެ ވިސްނުން ހުރީ ގިނަ ޓީމުތަކެއް ބައިވެރިކޮށް އަދިވެސް ޓީމުތައް އިތުރު ކުރުމަށް އޭގެ ސަބަބުން ކޮލިޓީ އަށް އަސަރު ކުރާނެ،" ގަޑީއޯލާ ބުންޏެވެ. "އަހަރެން މި ވިސްނަނަނީ ހަމަ ކުޅުންތެރިންނަށް ޓަކައި އެމީހުންނަށް ވެސް ނޭވާ އެއް ލަާން ވަގުތު ދޭން ޖެހޭ، އުފާކޮށްލަން ބްރޭކް ވެސް ދޭން ޖެހޭގޮތަށް. މިހާރު އެ އޮތީ ތިން ބަދަލު، އެކަމަކު ހަތަރެއް ފަހެއް ނުވަތަ ހަ ބަދަލު ގެނެވޭ ގޮތަށް ބަދަލު ނުކުރެވެންވީ ސަބަބެއް ނެތް އޭރުން ކޯޗުންނަށް ތަފާތު ޓެކްޓިކްސް ތަކުގައިވެސް މަސައްކަތް ކުރެވިދާނެ." ގާޑިއޯލަ ބުންޏެވެ.
"