ލައިފްސްޓައިލް

ކްރިސްޓިއާނޯ ރޮނާލްޑޯގެ "ލެގަސީ" ރާއްޖެއަށް

Dec 10, 2016

ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 31، އަށް މަރުދޭ އޭނަގެ ފޭނުންނަށް މި އޮތީ ވަރަށް ހަބޭސް ވާހަކަ އެކެވެ. ފެޝަންގެ ދުނިޔޭގައި ވެސް އަގު ބޮޑު އެއް ނަން ކަމަށްވާ ރޯނާލްޑޯގެ ފުރަތަމަ ސެންޓް "ލެގަސީ" މިވަނީ ރާއްޖެ އައިސްފަ އެވެ. ވިއްކަނީ 1،500ރ. އަށެވެ. ލިބެން ހުރީ ހަމައެކަނި ސެންޓަށް ހާއްސަ ލެޕާފިއުމްއިން ނެވެ.

ރޮނާލްޑޯ ބުނާ ގޮތުގައި އޭނަ ފުޓުބޯޅަ ކުޅުން ހުއްޓާލާ ދުވަހަކުން ވެސް އެ ސެންޓްގެ ވަސްޖެހުމުން ރޮނާލްޑޯ މަތިން ހަނދާންވާނެ އެވެ.

"މީ އަހަރެންގެ ސަޕޯޓަރުންނަށް ދިން ހަދިޔާ އެއް،" ރޮނާލްޑޯ ބުންޏެވެ.

ހިތްގައިމު މީރު ވަހެއް ހުންނަ މި ސެންޓްގެ ޓޮޕް ނޯޓްސް ތަކަކީ ބޮޑު ލުނބޯ އާއިލާއަށް ނިސްބަތްވާ ބާގަމޮޓް އާއި ފޮނިތޮށީގެ އިތުރުން ފެހި އާފަލާއި ލެވެންޑާ އެވެ. އަދި މިޑްލް ނޯޓްސްގެ ތެރޭ ހިމެނެނީ އޯރިސް، ސީޑާ، ވައިލެޓް، ޕިއޯނީ، ރޯސްމެރީ އަދި ސޭޖް އެވެ. މި ސެންޓްގެ ބޭސްޑް ނޯޓްސް އަކީ ސެޑަރ، ޕެޗޯލީ، ވެޓިވާ އަދި މާވަހެރެވެ.

އަންހެން ކުދިންގެ ހިތްތައް ފިދާވާ ވަރުގެ ފިރިހެން މީރު ވަހެއްހުންނަ ރޮނާލްޑޯގެ ލެގަސީގެ ވަހަކީ ފަސޭހައިން ފިލައިގެންދާ ވަރުގެ ވަހެއްނޫނެވެ. އެހެންވެ ކޮންމެހެން ވެސް ބައިވެރިޔާ އަށް މީގެ ސެންޓުފުޅިއެއް ދޭންވާނެ އެވެ. ހަމަގައިމު ވެސް މާޔޫސް އެއް ނުވާނެވެ.

މި ހިތްގައިމު ވަސް އަމިއްލަކުރުމަށް ހިތް އެދެނީ ކަމުގައި ވަނީ ނަމަ ލެޕާފިއުމްގެ ނަމްބަރު 7676067 އަށް ގުޅާލުމުން ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. ނޫން ނަމަ www.leperfume.mv އަށް ލޮގިން ވުމަށްފަހު ވެސް އޯޑަރު ކޮށްލެވިދާނެ އެވެ.