އީގަލްސް އަށް އިތުރު ތަށިތައް ހޯދައިދިނުން އެއީ ވަރަށް ބޮޑު އަމާޒެއް ކަމަށް މާޒިޔާ ދޫކޮށް ކުލަބު އީގަލްސްއަށް ބަދަލުވި މިޑްފިލްޑާ އަހްމަދު ނާޝިދު (ނާއްޓޭ) ބުނެފިއެވެ.
"އީގަލްސް އަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން، އީރަދަ ކުރެއްވިއްޔާ އެހިސާބަށް ދެވޭނެ،" އީގަލްސް އަށް ބަދަލުވުމަށްފަހު އަވަސްއާ ވާހަކަ ދައްކަމުން ނާއްޓޭ ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ގައުމީ ޓީމުން ޖާގަ ނުލިބުނު ނަމަވެސް، ދެ ވަނަ މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނެވެ، އަދި އެ މެޗްގައި ގައުމީ ޓީމަށް އެއްވަރުކޮށް ދިން ލަނޑުވެސް ކާމިޔާބު ކުރީ ނާއްޓޭއެވެ.
މީގެ ކުރިންވެސް ނާއްޓޭ ވަނީ އީގަލްސް އަށް ކުލެފައެވެ. ވީބީގައި ދެ އަހަރު ހޭދަ ކުރުމަށްފަހު އޭނާ އީގަލްސް އަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ.
ނާއްޓޭ، 28 އީގަލްސް އަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.