ބޭރު ކުޅިވަރު

ލީގު ކެރިއާގައި ލެވެންޑޮސްކީ 200 ގޯލް ޖަހައިފި

Dec 11, 2016

ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އޭނާގެ ލީގު ކެރިއާގައި 200 ވަނަ ގޯލް ޖަހަިއފިއެވެ.

ރޭ ވޮލްފްސްބާގާ ދެކޮޅަށް 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗްގައި ދެ ގޯލް ކާމިޔާބުކޮށް ލެވަންޑޮސްކީ ވަނީ 200 ވަނަ ގޯލް ހަމަ ކޮށްފައެވެ.

އަދި މިއީ އޭނާ ބަޔާން މިޔުނިކަށް ޖަހަދިން 58 ވަނަ ގޯލެވެ. ފަންސާސް އަށް ގޯލްގެ ތެރެއިން 11 ގޯލް އޭނާ ކާމިޔާބު ކުރީ މި ސީޒަންގެ ލީގްގައެވެ. ހުރިހާ މުބާރާތްތަކާ އެކު މިސީޒަންގައި މިހާތަނަށް އޭނާ ވަނީ 19 ގޯލް ޖަހާފައެވެ.

ލެވަންޑޮސްކީގެ ކެރިއާ ފަށާފައިވަނީ ޕޮލެންޑްގެ ޒްނިކް ޕްރަސްކޯވް އިން ނެވެ. އެ ޓީމުގައި ކުޅުނު 59 މެޗްގައި އޭނާ ވަނީ 36 ގޯލް ކާމިޔާބު ކޮށްފައެވެ.

އެއަށްފަހު އޭނާ ބަދަލުވީ ލެޗް ޕޯޒަން އެޓީމަށް ކުޅުނު 58 މެޗްގައި 32 ގޯލް ކާމިޔާބު ކުރިއެވެ. އެއަށްފަހު އޭނާ ގެންދިޔައީ ބްރޫޝިއާ ޑޯޓަމަންޑަށެވެ. އެޓީމުގައި ކުޅުނު 131 މެޗްގައި އޭނާ ވަނީ 74 ލަނޑު ކާމިޔާބު ކޮށްފައެވެ.