ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ސިނާން އާއި ވާދަ ކުރެއްވި އަހްމަދު މަމްދޫހް އާއި އެމްބީއޭގެ ކުރީގެ ޖެނަރަލް ސެކެޓްރީ އާރިފް ރިޒާ އާއި މިހާރުގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދު ކުރިމަތިލައްވައިފި އެވެ.
މި އަހަރު އޮކްޓޫބަރު މަހު 20 ވަނަ ދުވަހު ބޭއްވި އިންތިހާބަށްފަހު، ރައީސް ކަމުގެ މަގާމު އަލުން އިންތިހާބު ކުރަން ޖެހުނީ އޭރު ރައިސް ކަމަށް ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އިސްތިއުފާ ދެއްވުމުންނެވެ.
އެމްބީއޭގެ އިންތިހާބު އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އިންތިހާބު ބާއްވަން އިއުލާން ކުރީ މި މިމަހު 15 ވަނަ ދުވަހު އެވެ.
އާރިފް ރިޒާ ވަނީ އޭރު ބޭއްވި އިންތިހާބުގައި ސީނާންގެ ޓީމުގައި ހިމެނިގެން ނައިބު ރައީސް ކަމަށް ވާދަ ކުރެއްވާފަ އެވެ. ނަމަވެސް އޭނާ އާ ވާދަ ކުރައްވާ ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ ކުރީގެ ބާސްކެޓްކޯޗް ހަސަން އިސްމާއީލެވެ.
ވިޝާމް ރަޝީދު ވަނީ އޭރު ބޭއްވި އިންތިހާބުގައި އެކްސްކޯގެ ފުރިހަމަ މެންބަރު ކަމަށް ވާދަ ކުރައްވާފަ އެވެ.