ރާއްޖެ ކުޅިވަރު

ބައިނަލްއަގްވާމީ ސާފިން މުބާރާތް ރާއްޖޭގެ ސާފަރުން ފަތަހަކޮށްފި

Dec 13, 2016
1

މެލޭޝިއާގައި ކުރިއަށްދާ ކުއިކް ސިލްވާ ޝެރޭޓިން އިންޓަނޭޝަނަލް ސާފިން ކޮމްޕެޓީޝަންގައި ބޮޑީބޯޑިން ކެޓަގަރީން އިން އެއް ވަނަ އާއި ދެވަނަ އަދި ތިން ވަނަވެސް ރާއްޖޭގެ ސާފަރުން ހޯދައިފި އެވެ.

މުބާރާތުގެ އެއް ވަނަ ހޯދީ ރާއްޖޭގެ އެއް ވަނަ ސާފަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ. ދެ ވަނަ ހޯދީ އަޝްވާން މުހައްމަދެވެ. ތިން ވަނަ ހޯދީ އަލީ ޖަވީދު އެވެ.

ރާއްޖޭގެ ތިން ސާފަރުން ޓޯނަމަންޓްގެ ގަދަ ތިން ވަނަ ހޯދުމުން ސާފާސް ޓުޑޭއިން ސިފަކޮށްފައިވަނީ އޭޝިއާގެ އެންމެ ވަރުގަދަ ސާފަރުން ތިބީ ރާއްޖޭގައި ކަމަށެވެ.

ދެން އޮތީ މޭލޭޝިއާގެ ކުންޓަންގައި ބާއްވާ ބޮޑީބޯޑް އެޓޭކް ޓޯނަމަންޓް 2016 އެވެ. އެ ޓޯނަމަންޓް އޮންނާނީ މި މަހު 17 އިން 18 އަށެވެ. އެ ޓޯނަމަންޓްގައިވެސް ކުޑަ އައްޔަ އާއި އަޝްވާން އަދި ޖާވީދު ވެސް ވާދަ ކުރާނެ އެވެ.

ކުޑަ އައްޔަ އަކީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ވާދަ ކޮށް ކާމިޔާބު ހޯދާފައިވާ ސާފަރެކެވެ.