ބޭރު ކުޅިވަރު

އެއް ޓީމަކަށް ކުޅޭނަމަ މެސީ އަށް ވުރެ ގިނައިން ބެލަންޑޯ ހޯދޭނެ: ރޮނާލްޑޯ

Dec 14, 2016
2

މެސީ އާ އެއް ޓީމަކަށް ކުޅޭނަމަ އޭނާ އަށް ވުރެގިނައި ބެލަންޑޯ އެވޯޑް ހޯދޭނެކަމަށް، މެސިއާ ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ހޯމަ ދުވަހުގެ ރޭ ރޮނާލްޑޯ އަށް ލިބުނު ބެލަންޑޯ އެވޯޑާއެކު އޭނާ ވަނި މެސީއާ ގާތްކޮށްފަ އެވެ. މެސީ ފަސް ބެލަންޑޯ ހޯދާފައިވާއިރު ރޮނާލްޑޯއަށް ލިބިފައިވަނީ ހަތަރު ބެލެންޑޯ އެވެ.

"އަހަރެމެން ދެ މީހުން އެއް ޓީމަކަށް ކުޅޭނަމަ އެ ވާނީ ވަރަށް ޝައުގުވެރި ކަމަކަށް. އަހަންނަށް ހީވަނީ މޮޅެތި ކުޅުންތެރިން އެއްކޮށް ކުޅެން ޖެހޭނެ ހެން. އަހަންނަށް ހީ ވަނީ އަހަރެން އޭނާއާ އެއް ޓީމަކަށް ކުޅޭނަމަ އެނާ އަށް ވުރެ ގިނައިން އަހަންނަށް ބެލަންޑޯ އެވޯޑް ލިބޭނެ ހެން،" ކުލަބު ވޯލްޑްކަޕްގައި ވާދަ ކުރަން ޖަޕާނުގައި ހުރި ރޮނާލްޑޯ ބުންޏެވެ.

"އެންމެންވެސް ދަންނާނެ މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް އޭނާ ފަސް ބެލަންޑޯ އެވޯޑް ހޯދި."

ބެލަންޑޯގެ ތާރީހުގައި އެންމެ ގިނައިން އެ އެވޯޑް ހޯދި ކުޅުންތެރިއަކީ މެސީ އެވެ. އެ ރެކޯޑް ހާސިލު ކުރުން ރޮނާލްޑޯ އަމާޒު ކުރާނަންތޯ ސުވުލުކުރުމުން ޕޯޗްގަލްގެ ކެޕްޓަންކަންވެސް ކުރަމުންދާ ރޮނާލްޑޯ ބުނީ "އަބަދުވެސް މަސައްކަތް ކުރާހެން އެ ކަން ހާސިލު ކުރުމަށް މަސައްކަތް ކުރާނަން" ކަމަށެވެ.

މެސީއާ ރޮނާލްޑޯ އެއްތާކުން ދެން ފެންނާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަސްމީ އެވޯޑް ފީފާ ގެ "ދަ ބެސްޓް އެވޯޑް" ހަފްލާ އިންނެވެ.