ރާއްޖެ ކުޅިވަރު

ކޮންމެ ދެ މިނެޓު ބައިން ލަނޑެއް: 36 ލަނޑާއެކު ވީކޭ ރެކޯޑް ފޮތަށް

Dec 15, 2016

ތިން ވަނަ ޑިވިޝަންގައި ވެލެންޓް ސްޕޯޓްސް ކުލަބު ކޮޅަށް ޖެހި 36 ލަނޑާއެކު ރާއްޖޭގެ ޓޮޕް ޑިވިޝަންގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވީކޭ ސްޕޯޓްސް ކުލަބު ހަދައިފި އެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ހާފުގައި ވީކޭއިން ވަނީ 18 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗްގައި ތިން ހެޓްރިކް ފެނިގެން ދިޔަ އެވެ. އެޓީމުގެ ވިޝާން ވަނީ ދެ ހެޓްރިކް ހަދާފަ އެވެ. އަނެއް ހެޓްރިކް ހެދީ އަހްމަދު ހަލީމެވެ. އޭނާ ވަނީ ޖުމުލަ ހަތަރު ލަނޑު ޖަހާފަ އެވެ. އަދި މެޗްގައި ތިން ޕެނަލްޓީ ލިބުނު އިރު ކީޕަރުވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ގިނަ ލަނޑު ޖަހާފައި އޮތީ ކުރީގެ އައިލެންޑް ފުޓްބޯޅަ ކުލަބު، އައިއެފްސީ އެވެ. އެޓީމުން ވަނީ އެފްއޭ ކަޕްގައި 22 ލަނޑު ސުން ލަނޑުން މޮޅުވެފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކަމަށް ރިކޯޑް ކުރެވިފައިވަނީ 2013 ވަނަ އަހަރު ނައިޖީރިއާގެ ލީގެއް ގައެވެ. ނައިޖީރިއާގެ އަކޫބާ އެފްސީން ވަނީ ޕެލަޓައޫގެ މައްޗަށް 79-0 ނަތީޖާ އަކުން މޮޅު ވެފަ އެވެ.