އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ގްރީން ސްޓްރީޓަށް ޔޫކްރޭންގެ އެންމެ ޓޮޕް ޑިވިޝަންގައި ކުޅެފައިވާ ތިން ކުޅުންތެރިއަކު ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ކުޅުންތެރިންގެ ޓްރާންސްފާގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފަ އެވެ.
އިތުރު ތަފްސީލް ހޯދުމަށް އެ ކުލަބުގެ ޗެއާމަން އަހްމަދު ޝަޒީން ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.
މީގެ އިތުރުން އޭޝިއާ އަށް ނިސްބަތްވާ ކީޕަރެއް ވެސް އެޓީމަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޓީމުން މަސައްކަތް ކުރަމުން ދަނީ ކުރިން ރާއްޖޭގައި ކުޅުނު ކީޕަރެއް ގެނައުމަށެވެ.
އެނގިފައިވާ ގޮތުގައި ނިމިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ އެހެން ޓީމުތަކުގެ ކުޅުންތެރިންވެސް އެޓީމާ ގުޅޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.