މިއުޒިކް

އާ އަހަރު ޝޯގެ ސަޕްރައިސް: ބޭރުގެ މަޝްހޫރު ތަރިއެއް

މިހާރު އިންތިޒާރުކުރަމުން ތިދަނީ އާ އަހަރު ފާހަގަކުރަން ބާއްވާ ޝޯ އަށެވެ. އެ ޝޯއަށް ރާއްޖެއިން ބޭރުން ގެންނާނީ ކޮންކޮން ފަންނާނުންނެއްކަން ބަލާލާހިތުން ކެތްމަދުވެފަ އެވެ. އާ އަހަރުގެ ޝޯއަށް ދާން މިހާރުއްސުރެ ވަގުތު ހުސްކުރަމުންދާ ފަރާތްތައްވެސް މަދެއް ނޫނެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިންތިޒާމްކޮށް ޕީއެސްއެމް އާ ގުޅިގެން ގެނެސްދޭ މި ޝޯއަށް ގެންނަ ހާއްސަ ފަންނާނުގެ ނަން އަދި އޮތީ ސަޕްރައިޒެއްގެ ގޮތުގައި ޕީއެސްއެމް އިން ބާއްވާފަ އެވެ. ހަމަ ގައިމުވެސް މިއީ ބެލުންތެރިން ލޯބިވާނެ ފަރާތެއްކަން ޔަގީނެވެ. މިދިޔަ އަހަރުގެ އާ އަހަރުގެ ޝޯއަށް ގެނައި ފަންނާނުންނަށް ބަލާފައި އެކަމަށް ޝައްކުކުރާނެ ފުުރުސަތެއް ނެތެވެ.

މިދިޔަ އަހަރުގެ ޝޯއަށް ރާއްޖެ ގެނެސްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އެވެ. އަދި އިންޑިޔާގެ މަޝްހޫރު ޓީވީ ޝޯ، "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް ޕްލަސް" އިން މި އަހަރު އެއް ވަނަ ހޯދި ޑާންސް ގްރޫޕް، "ވީ ކޮމްޕެނީ"ގެ ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެ އެވެ.

"ނިއު އިޔާ ޝޯއަށް ގެންނަ ފަންނާނުގެ ނަން އަދި މިއޮތީ ސަޕްރައިޒެއް ގޮތުގައި ބާއްވާފައި. އެއީ ދިވެހިން ގަޔާވާ ދިވެހިން ލޯބިވާ ފަންނާނެއް. ފަންނާނުގެ ނަން ހާމަކުރާނީ ވަގުތު ކައިރިވީމަ" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވި އެވެ.

އާ އަހަރު ޝޯގައި ޕާފޯމްކުރާ ބޭރުގެ ފަންނާނުން އަދި ސަޕްރައިޒެއްގައި އޮތްއިރު ލޯކަލް ފަންނާނުންނަށްވެސް އޮތީ ފުުރުސަތު ހުޅުވާލާފަ އެވެ. ބޭނުން ފަރާތްތަކުން ބައިވެރިވެ ޝޯ ފުރިހަމަކޮށްލަން ވީ އެވެ.

މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ ގައި ހަމައެކަނި ޝޯއެއް ނޫނެވެ. މި އަހަރުވެސް އާ އަހަރު ފާހަގަކުރަން ހަވާ އަރުވާނެ އެވެ.

ދިވެހި އާޓިސްޓުން އަދި ކޮންފާމް ނުވިނަމަވެސް އުފާވެރި ހަބަރެއްވެސް އެބައޮތެވެ. މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރިންގެ ހުނަރު ހަމަގައިމުވެސް ފެންނާނެ އެވެ.