ރާއްޖެ ކުޅިވަރު

އެމްބީއޭގެ ރައީސް އަކަށް މަންޑޭ

Dec 18, 2016

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް ކަމަށް އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރެއްވި އަހްމަދު މަމްދޫހް (މަންޑޭ) އެންމެ ފަހުން ހޮވައިފިއެވެ.

މަންޑޭ ވަނީ އޮކްޓޯބަރު މަހު 20 ގައި ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރެއްވާ ފައެވެ. ނަމަވެސް ރައީސް ކަމަށް ވަޑައިގެންނެވީ މަންޑޭއާ ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއެވެ.

ނަމަވެސް ސިނާން ވަނީ އިންތިހާބު ވުމާއެކު މަގާމުން އިސްތިއުފާ ދީފައެވެ. ނަމަވެސް އެމްބިއޭގެ އެކްސްކޯ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ ސިނާން ވެސް ހިމަނައިގެންނެވެ. ނަމަވެސް އޭގެ ފަހުން ސިނާން ވަނީ ރަސްމީކޮށް އިސްތިއުފާ ދެއްވާފައެވެ.

މިފަހަރުގެ އިންތިހާބުގައި (މަންޑޭ) އާ ވާދަ ކުރެއްވީ މިހާރުގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދެވެ. އޭނާ އަކީ އެންމެ ފުރތަމަ އިންތިހާބުގައި މަންޑޭގެ ޓީމުގެ ހިމެނިގެން އެކްސްކޯގެ ފުރިހަމަ މެންބަރު ކަމުގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅެކެވެ.

މަންޑޭ އަށް ލިބުނީ 17 ވޯޓެވެ. ވިޝާމް އަށް ލިބުނީ އެއް ވޯޓެވެ.