ރާއްޖެ ކުޅިވަރު

ވިމެން ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ނޭޕާލާއެކު ގުރޫޕް އޭ ގައި

Dec 18, 2016

މި މަހު 26 ން ޖަނަވަރީ ތިނަކަށް އިންޑިއާގައި ފަށާ އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ނޭޕާލާއެކު ގުރޫޕް އޭ ގައި ރާއްޖެ ހިމެނިއްޖެ އެވެ.

ނޭޕާލަކީ މިހާތަނަށް ކުޅުނު ތިން މުބާރާތުގައި ވެސް ރަނަރަފް ޓީމެވެ. ރާއްޖެއާ ނޭޕާލްގެ އިތުރުން ދެން ގުރޫޕްގައި ހިމެނެނީ ބޫޓާން އާއި އަވަށްޓެރި ލަންކާ އެވެ.

ގުރޫޕް ބީ ގައި ހިމެނެނީ މުބާރާތުގެ ހަމަ އެކަނި ޗެމްޕިއަން އިންޑިއާ އާއި އަފްޣާނިސްތާންގެ އިތުރުން ބަނގުލަދޭހެވެ.

ގުޅުން ގޯސްވެފައިވާ އިންޑިއާ އާއި ޕާކިސްތާންގެ މަސްރަހުގެ ހިޔަނި މި މުބާރާތަށް އެޅި އިންޑިއާގައި މުބާރާތް ބާއްވާތީ ޕާކިސްތާނުން މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި 26 ވަނަ ދުވަހު ބައްދަލު ކުރާނީ ނޭޕާލް އާއި ބޫޓާނެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އެދުވަހުގެ އިރުއޮއްސި 6:30 ގައެވެ. ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމު މިހާރު ވަނީ ޔޫއޭއީގައި ޓްރެއިނިން އަށް ކޭމްޕް ކޮށްފަ އެވެ.