ރާއްޖެ ކުޅިވަރު

މާޒިޔާގެ އަންމަޑޭ އާއި ވިކްޓްރީގެ ފަރޭ އާއި ސާއިފް ގްރީން ސްޓްރީޓަށް!

Dec 18, 2016

މިދިޔަ ސީޒަންގައި ވިކްޓަރީ އަށް ކުޅުނު ފަރުހާދު އިސްމާއީލް (ފަރޭ) އާއި ޑިފެންޑަރު މުހައްމަދު ސާއިފް އާއި މާޒިޔާގެ އަހްމަދު ރަޝީދު (އަންމަޑޭ) ގްރީން ސްޓްރީޓާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި، ގްރީން ސްޓްރީޓްގެ މެނޭޖުމެންޓުން ވަނީ އެ ދެކުޅުންތެރިންނާ ވާހަކަ ދައްކައި، ކޮންފަމޭޝަން ހޯދާފަ އެވެ.

ނަމަވެސް މި ކުޅުންތެރިން ކޮންޓްރެކްޓްގައި ސޮއި ކުރި ކަމެއް މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.

އަންނަ ސީޒަންގައި އެ ޓީމަށް ނުވަ ކުޅުންތެރިޔަކު ގުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފަރޭ އާއި ސާއިފްގެ އިތުރުން ޓީސީގެ އަހްމަދު ނިޒާމު ވެސް ވަނީ ގްރީން ސްޓްރީޓަށް ކުޅެން އެއްބަސް ވެފަ އެވެ.