ރާއްޖެ ކުޅިވަރު

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ދުވާ ޓްރެކް ނިމުމާ ގާތަށް

Dec 18, 2016
3

ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ދުވާ ޓްރެކްގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

ޓްރެކްގެ ސިންތެޓިކް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ މަސައްކަތް ފެށިއިރު އަމާޒަކަށް ހަދާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށެވެ.

"ޓްރެކްގެ މަސައްކަތް ގާތްގަނޑަކަށް މި ވަނީ ނިމިފައި ދެން ހުރީ ކުދި މަސައްކަތްތަކެއް ހުރިހާ މަސައްކަތެއް މިމަސް ނިމުމުގެ ކުރިން ނިމޭނެ،" އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

މިހާރު ދަނީ ސިންތެޓިކްގެ މަތީގައި ލޭނުތައް ކުރަހަމުންނެވެ. މި މަސައްކަތް ކުރަމުން ދަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕްގެ ސީއެސްއާރުގެ މަސައްކަތެއްގެ ދަށުންނެވެ. ޔޫތު މިނިސްޓްރީން ބުނީ ޓްރެކް ހުޅުވުން ވަރަށް ކުލަގަދަކޮށް ރަސްމިއްޔާތަކާ އެކު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ހުޅުވާނެ ވަކި ތާރީހެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.