އެމްޓީސީސީ

އެމްޓީސީސީއަކީ އެންމެ ކާމިޔާބު ކުންފުންޏަށް ހަދަން އަޒުމު ކަނޑައަޅަންޖެހޭ: ޒިޔަތު

Dec 18, 2016

އެމްޓީސީސީއަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހަދަން ކުންފުނީގެ މުވައްޒަފުން އަޒުމު ކަނޑައަޅައި މަސައްކަތް ފެށުމަށް އެ ކުންފުނީގެ ސީއީއޯ، ކުންފުނީގެ މުވައްޒަފުންފެ ކިބައިން އެދިވަޑައިގެންފި އެވެ.

ސީއީއޯ އިބްރާހިމް ޒިޔަތު މިހެން ވިދާޅުވީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ހިންގި ހަރަކާތްތަކުގެ ތެރޭގަ އެވެ. އަހަރީ ދުވަސް ފާހަގަ ކުރަން އެމްޓީސީސީން ހިންގާ ހަރަކާތްތައް ފައްޓަވައި ދެއްވުމުގެ ގޮތުން ޒިޔަތު ވިދާޅުވީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް އެމްޓީސީސީ ހެދުމަށް ހުރިހާ މުވައްޒަފުން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެމްޓީސީސީގެ އަހަރީ ދުވަހާއި ދިމާކޮށް މިއަދު ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެންބަރުން ވަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެ މަރުކަޒުގައި ތިބި މީހުންނާއި މަރުކަޒުގެ މެނޭޖްމަންޓާއި ބައްދަލުކޮށް، މަރުކަޒަށް ފައިސާގެ އެހީއެއް ވެސް ދީފަ އެވެ.