ރާއްޖެ ކުޅިވަރު

މެލޭޝިއާގައި ބޭއްވި ބޮޑީބޯޑް މުބާރާތެއްގައި ދިވެހި ސާފަރުންނަށް ރަން ވަނަތަކެއް

Dec 18, 2016
1

މެލޭޝިއާގެ ކްއަންޓަންގައި ކުރިއަށްދާ ބޮޑީބޯޑް އެޓޭކް ސާފިން މުބާރާތުގައި ރާއްޖޭގެ ތިން ސާފަރުން ކަމަށްވާ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އާއި މުހައްމަދު އަޝްވާން އާއި މުހައްމަދު އިހްސާން ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް އިވެންޓްތަކުގެ ޕްރޯން އޯޕަން ކެޓަގަރީ އާއި ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަން ކަން ހޯދީ ކުޑަ އައްޔައެވެ.

ޕްރޯން އޯޕަން ކެޓަގަރިގެ ދެ ވަނަ ހޯދީ އަޝްވާން އެވެ. އަދި ޑޮރްޕް ނީ ކެޓަގަރީގެ ދެ ވަނަ ހޯދީ މުހައްމަދު އިހްސާންއެވެ. އަދި އޭނާ ވަނީ ޕްރޯން އޯޕަން ކެޓަގަރީގެ ހަތަރު ވަނަ ހޯދާފައެވެ.

މިދިޔަ ހަފުތާގައި މެލޭޝިއާގެ ޝެރޭޓިންގައި ބޭއްވި ކްއިކް ސިލްވާ ޝެރޭޓިން އިންޓަނޭޝަނަލް ސާފިން ކޮމްޕްޓީޝަން ގައިވެސް ޑޮމިނޭޓް ކުރީ ރާއްޖޭގެ ސާފަރުންނެވެ. އެމުބާރާތުގެ ގަދަ ތިން ވަނަގައި ހިމެނުނީވެސް ރާއްޖޭގެ ސާފަރުންނެވެ.

އެމުބާރާތުގައިވެސް އެއް ވަނަ ހޯދީ ކުޑަ އައްޔަ އެވެ. އަދި ދެ ވަނަ ހޯދީ އަޝްވާން މުހައްމަދެވެ. ތިން ވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އެވެ.

މި މުބާރާތުގައި އޭޝިއާގެ އެކި ގައުމުތަކުން 45 ސާފަރުން އެކި ކެޓަގަރީތަކުގައި ވާދަކޮށްފައިވެ އެވެ.