ބޭރު ކުޅިވަރު

ރޮނާލްޑޯގެ ބަދަލާއެކު ފުޓްބޯޅައިގެ އާ ބަދަލެއްގެ ފެށުން

Dec 18, 2016
1

މީގެ ކުރިން ފުޓްބޯޅަ މެޗެއްގައި ގިނަ ވެގެން ކުރެވޭނީ ތިން ބަދަލެވެ. ނަމަވެސް ފީފާއިން މި ފަހުން ފުޓްބޯޅައިގެ ގަވައިދަށް ގެނައި ބައެއް އާ އިސްލާހުތަކުގެ ސަބަބުން، މެޗެއްގައި ހަތަރު ބަދަލު ކުރެވޭ ހާލަތެއް ވަނީ އުފެދިފަ އެވެ.

އެއީ ނަތީޖާ ނެރެންޖެހޭ މެޗެއްގައި، މެޗްގެ ފުރިހަމަ ވަގުތު ހަމަވާއިރު ވެސް ނަތީޖާ ނުނެރެވިއްޖެނަމަ، ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅޭ ނަމަ ހަތަރު ބަދަލު ކުރެވޭ ގޮތަށް ފީފާއިން ގެނައި ބަދަލެވެ.

އިއްތިފާގުން މި ބަދަލުގެ ފެށުން އައީވެސް ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުންނެވެ. މިއަދު ކުޅުނު ކުލަބު ވޯލްޑްކަޕްގެ ފައިނަލް މެޗްގައި ޖަޕާނުގެ ކަޝިމާ އެންޓާލާސްއާ ދެކޮޅަށް ކުޅުނު މެޗްގެ ފުރިހަމަ ވަގުތު 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައިވުމުން ކުޅުނު އެކްސްޓްރާ ޓައިމާ ކުރިމަތިލިއިރު ރެއާލްގެ ތިން ބަދަލު ވަނީ ހަމަވެފަ އެވެ.

އެކްސްޓްރާ ޓައިމްގައި ރޮނާލްޑޯ އިތުރަށް ދެ ލަނޑު ކާމިޔާބު ކޮށް ކުލަބު ވޯލްޑްކަޕްގެ ތާރީހްގައި ފުރަތަމަ ހެދި ކުޅުންތެރިޔާގެ ރެކޯޑް ހެދިއެވެ. އެ ރެކޯޑާއެކު ފުޓްބޯޅައިގެ ތާރީހީ ބަދަލެއްގެ ފެށުން ވެސް ރޮނާލްޑޯއާ ގުޅުނީ އެވެ. އާންމު ގޮތެއްގައި ރެއާލްގެ މެޗްތަކުގައި ރޮނާލްޑޯ އަކީ ބަދަލު ކުރާ ކުޅުންތެރިޔެއް ނޫނެވެ. ނަމަވެސް ރޮނާލްޑޯ ބަދަލުކޮށް، ފުޓްބޯޅައިގެ އާ ބަދަލު ފަށައިދޭ ކުޅުންތެރިޔަކަށް ރޮނާލްޑޯ ހަދަން ރެއާލްއިން ބޭނުންވި އެވެ. އެހެންވެ ރަސްމީ ފުޓްބޯޅައިގެ އަލަތު ހަތަރު ވަނަ ބަދަލުގައި ދަނޑުން ފައިބައިގެން އައި ފުރަތަމަ ކުޅުންތެރިޔާއަކީ ރޮނާލްޑޯ ކަަމަށް ހަދަން ޒިދާން ނިންމި އެވެ. މިއީ ފުޓްބޯޅައިގައި އާ ބަދަލެއްގެ ފެށުމެވެ.

އޭގެ ދެ މިނެޓެއް ފަހުން ކަޝިމާއިން ވެސް އެޓީމުގެ ހަތަރު ވަނަ ބަދަލު ކުރި އެވެ.